މި ދެ ދުވަހު ދައުލަތުގެ ހިއްސާ އޮންނަ ހަތް ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މެންބަރުން އައްޔަންކޮށްފި އެވެ.
ޕީސީބީން މިއަދު މެންބަރުން އައްޔަންކުރި ހަތް ކުންފުންޏަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އެވެ. މިގޮތުން ބޯޑަށް އައްޔަންކުރި ބޭފުޅުންނަކީ:
- ފަހި ދިރިއުޅުން ކޯޕަރޭޝަން: މއ. ޝާހީން، އަބްދުﷲ ޔާމީން
- މޯލްޑިވްސް ހައްޖު ކޯޕަރޭޝަން: ގ. ބާނީ، އަހްމަދު މާޒިން
- ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން: ދ. ބަނޑިދޫ، ފެހިވިނަ، ޝާހިދު މޫސާ
- އައިލެންޑް އޭވިއޭޝަން ސާވިސަސް: ދ. ކުޑަހުވަދޫ، ތިކުރީތު، މައީޝާ އިބްރާހިމް
- މިފްކޯ: ސ. ފޭދޫ، އާބާދީގެ، ފާތިމަތު އާޒިޔާ ފަތުހީ
- އެމްއެފްއެމްސީ: ހއ. ތަކަންދޫ، ރަތްވިލާގެ، ހުސައިން އަބްދުލްވާހިދު
- ބީސީސީ: ސ. ހިތަދޫ، މީނާޒް، އީނާސް ނަސީރު
ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކަށް މި ބަދަލުތައް ގެންނަން ފަށާފައި މިވަނީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ސަރުކާރުން އަންގާފައިވާ ދަނޑިވަޅެއްގަ އެވެ. މިދިޔަ އޭޕްރިލް މަހު އެންގި މި އެންގުމާ އެއްގޮތަށް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ނިންމުމަށް މިހާރު ވަނީ ކުންފުނިތަކަށް އަންގާފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ ސަރުކާރު ކުންފުނިތަކުގައި ގާތްގަނޑަކަށް 42،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ. މިއީ ގައުމުގެ ސިވިލް ސާވިސްގައި ތިބި 30،000 އެއްހާ މުވައްޒަފުންނަށްވުރެ އިތުރު އަދަދެކެވެ.
"ދަ އޮޑިސީ"އަށްފަހު ނޯލަންގެ މިސްރާބު ބިރުވެރި ފިލްމަކަށް!
އަޒީޒާ މިސްކިތުގެ ބިއްލޫރިގަނޑު އަނެއްކާވެސް ތަޅާލައިފި
ދުނިޔެ އަށް ފައިސާ ފޯރު ކޮށްދިން ރާއްޖެ، ފަގީރު ވީ ކިހިނެއް؟