ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް އާއި އެކްޓްރެސް ކޭޓީ ހޯމްސްގެ ހަމައެކަނި ދަރިފުޅު، ސޫރީ ކްރޫޒް، އޭނާގެ ބައްޕަގެ އާއިލީ ނަން "ކްރޫޒް" ބޭނުން ކުރުން ރަސްމީކޮށް ހުއްޓާލައި އޭނާގެ ނަން "ސޫރީ ނޮއެލް"އަށް ގާނޫނީ ގޮތުން ބަދަލު ކޮށްފި އެވެ.
އުމުރުން 20 އަހަރުގެ ސޫރީ، އޭނާގެ ބައްޕަގެ ނަން ދޫކޮށްލުމަށްފަހު އިހްތިޔާރުކުރި "ނޮއެލް" އަކީ އޭނާގެ މަންމަ ކޭޓީ ހޯމްސްގެ މެދު ނަމެވެ.
ހަބަރުތައް ބުނާގޮތުގައި ސޫރީ މިހާރު ކިޔަވަމުންދާ ޕެންސިލްވޭނިއާގެ ކާނެގީ މެލަން ޔުނިވާސިޓީގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ "ސޫރީ ނޮއެލް" ނަމުގަ އެވެ. މިކަމުން އެނގެނީ އޭނާ ވަނީ ގާނޫނީ ގޮތުންވެސް އެ ނަން ބަދަލު ކޮށްފައި ކަމެވެ.
ސޫރީ އެންމެ ފުރަތަމަ ބައްޕަގެ އާއިލީ ނަން ބޭނުން ކުރުން ހުއްޓާލިކަން ފާހަގަ ކުރެވުނީ 2024 ވަނަ އަހަރުގެ ޖޫން މަހު އޭނާ ނިއުޔޯކްގެ ލަގުއާޑިއާ ހައިސްކޫލުން ނިމުނު ހަފްލާގެ ޕްރޮގްރާމް ފޮތުގަ އެވެ. އެ ހަފްލާގައިވެސް އޭނާގެ ނަމަކަށް ލިޔެފައިވަނީ "ސޫރީ ނޮއެލް" އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސޫރީ އޭނާގެ ނަން ބަދަލުކުރި ސަބަބުތަކުގެ ތެރޭގައި މަންމައަށް އިހުތިރާމް އަދާ ކުރުމާއި ބައްޕަގެ މަޝްހޫރު ނަން ބޭނުން ނުކޮށް އަމިއްލަ ޝަހްސިއްޔަތެއް ބިނާކުރުމުގެ އިތުރުން މީޑިއާގެ ސަމާލުކަމުން ދުރުވުން ހިމެނެ އެވެ.
2006 ވަނަ އަހަރު އުފަންވި ސޫރީގެ މައިންބަފައިން ކަމަށްވާ ޓޮމްއާއި ކޭޓީ ވަކިވީ 2012 ވަނަ އަހަރު އެވެ. ވަރިވި ފަހުން ސޫރީ ބޮޑުވީ މަންމަ ކޭޓީގެ ބެލުމުގެ ދަށުން ނިއުޔޯކުގަ އެވެ.
ކައިވެނި ރޫޅުމަށްފަހު ޓޮމްއާއި ސޫރީއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. ޓޮމްއަކީ 'ސައިންޓޮލޮޖީ' ކިޔާ ދީނީ ފިކުރަކަށް ތަބާވާ މީހަކަށްވެފައި ކޭޓީ ވަރިވާން ހުށަހެޅި އެއް ސަބަބަކީވެސް ދަރިފުޅު އެ ފިކުރުން ރައްކާތެރި ކުރުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ އިތުރުން ވަރިއަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ޓޮމް ކްރޫޒް އޭނާގެ ދަރިފުޅާ ބައްދަލު ކޮށްފައި ނުވާކަންވެސް ކޯޓު ރެކޯޑްތަކުން އެނގެ އެވެ.
"ހަންކެނޑެ ތަރައްގީނުވި ބަޔަކަށް، ސަވާހެލި ތަރައްގީ ނުކުރެވޭނެ"
ތިލަފުށީގެ ކުނި ކުނބުރުދުއަށް ގެންދާތީ ހުށަހެޅި މައްސަލަ ބޭރު
"ބިޔޯން އަގެއިން" ޝޯ މަނާކުރެވިގެން ނުވާނެ: ނަޝީދު