ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދިޔަ ހަތަރު މީހަކު މިއަދު މަރުވެއްޖެ އެވެ.

މިއަދު އެންމެ ފުރަތަމަ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 77 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ ފަތިހު 4:06 ގަ އެވެ.

ދެވަނަ އަށް މަރުވީ އެ ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 80 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ ހެނދުނު 10:54 ގަ އެވެ.

ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ތިން ވަނަ މީހަކު މަރުވީ މިއަދު ހަވީރު 3:45 ގަ އެވެ. އެއީ އުމުރުން 56 އަހަރުގެ ފިރިހެނެކެވެ.

މިރޭ 7:46 ގައި ވަނީ އެ ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 57 އަހަރުގެ ފިރިހެނަކު ވެސް މަރުވެފަ އެވެ.

މިމަރުތަކާ އެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 120 އަށް އަރާފަ އެވެ.

ކޮވިޑް ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް މާލެ ސަރަހައްދުގައި އަޅާފަ އެވެ. އެގޮތުން ހަވީރު 4 އިން ފަތިހު 4 އަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފަ އެވެ.