ސިއްހީ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރުމަށް ވިލާ ފައުންޑޭޝަނުނާއި އެފައުންޑޭޝަންގެ ޗެއާމަން އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ދިން ހުރިހާ ލޯނުތަކެއް މާފުކޮށްދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ވިލާ ފައުންޑޭޝަންގެ "ސްކޮލަސިޕް ސްކީމް" ގެ ދަށުންނާއި އެޕައުންޑޭޝަންގެ ޗެއާމަންގެ ލޯނުގެ އެހީގެ ދަށުން މެޑިސިން، ނާސިން އަދި މެޑިކަލް ދާއިރާއިން ކިޔެވި ދަރިވަރުންގެ ލޯނުގެ ނުދެއްކި ހުރި ބައި މާފުކޮށްދީފައިވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ކޮވިޑްގެ ސަބަބުން ވިލާ ފައުންޑޭޝަނާއި ވިލާ ކުންފުންޏަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ވެފައިވާ މި ދަނޑިވަޅުގައި ވެސް ލޯނުތައް މާފުކޮށްދެއްވަން ނިންމީ، ދިވެހި ގައުމަށް ދިމާވެފައިވާ މި ނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނާއި އަދި މެޑިކަލް ދާއިރާގެ ސްޓާފުން ވަރަށް ބުރަކޮށް ގިނަ ވަގުތު ކުރައްވަމުން ގެންދަވާ މަސައްކަތް ބަލައިގަތުމުންގެ ގޮތުން ކަމަށެވެ.
ކޮވިޑްގެ ސަބަބުން ވިލާ ފައުންޑޭޝަނާއި ވިލާ ކުންފުންޏަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ވެފައިވާ މި ދަނޑިވަޅުގައި ވެސް ލޯނުތައް މާފުކޮށްދެއްވަން ނިންމީ، ދިވެހި ގައުމަށް ދިމާވެފައިވާ މި ނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނާއި އަދި މެޑިކަލް ދާއިރާގެ ސްޓާފުން ވަރަށް ބުރަކޮށް ގިނަ ވަގުތު ކުރައްވަމުން ގެންދަވާ މަސައްކަތް ބަލައިގަތުމުންގެ ގޮތުން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
މެޑިކަލް ދާއިރާތަކުގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އާއި ފާމަސިސިސްޓުންނާއި ލެބޯޓްރީ ޓެކްނީޝަނުން އަދި މެޑިކަލް ސައިންސްގެ ދާއިރާ އިން ކިޔެވި ދަރިވަރުންގެ ލޯނުތައް ވެސް ހިމެނެ އެވެ. އެއީ ކިޔަވާ ނިންމުމަށް ފަހު ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި މަސައްކަތްކުރާ ދަރިވަރުން ވެސް ހިމެނޭ ގޮތަށް ކަމަށް އެ ބަޔާނުގައި ގާސިމް ވިދާޅުވެފައިވެ އެވެ
ސިއްހީ ދާއިރާ އަދި ސަރުކާރުން ވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ ގެންދަވާ މަސައްކަތައް ގާސިމް ޝުކުރު އަދާކުރެއްވި އެވެ.
ގާސިމްއަކީ ރާއްޖޭގައި މަތީ ތައުލީމް ހާސިލް ކުރުމަށް އެންމެ ގިނަ ސްކޮލާޝިޕްތައް ދިން އަމިއްލަ އެއް ފަރާތެވެ.
މިބުރުމާ އޭނާގެ ވިޔަފާރީގެ މުޅި ހަޔާތް އެ ހޭދަކުރަނީ އޭނާގެ ވިޔާފާރިތަކުން ރައްޔިތުންގެ ޚަޒާނާއަށް ދައްކަންޖެހޭ ޓެކްސީ ނުދައްކާ މިބުރުމާގެ ގެދޮރާއި އަނބިދަރީން ވިއްކިޔަސް އޭނާ ދައުލަތަށް ދައްކަން ޖެހޭ ދަރަނި ޚަލާޞްނުކުރެވޭނެ ރައްޔިތުންނޭ ހޭއަރާ