ސަލްޓަން ޕާކު ކައިރީގައި ހުރި ބޮޑު ގަހެއް ވެއްޓި ލިލީ މަގު ބަންދު ވެއްޖެ އެވެ.
ވައި ގަދަ ވުމުގެ ސަބަބުން ވެއްޓުނު ގަސް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށް މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ވެއްޓުނު ގަސް ނެގުނުހާ އަވަހަކަށް ލިލީ މަގު ހުޅުވާލާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރިޔަށް އޮތް ތިން ދުވަހު އިތުރަށް ބާރުގަދަވެ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ބިޔަގަސް ތައް އެކި މޫސުމް ތަކަށް ޓްރިމް ކުރީމާ ތިހެންނުވާނެ. ޚާއްސަ ޓީމެއް ތިކަމަށް ހަމަޖައްސަވާ. އިންވެންޓްރީ އެއްހަދާ ސޮފްޓްވެއަރ ބޭނުންކޮށްގެން ބަރާބަރަށް ގަސްތައް މޮނިޓަރ ކުރުން ތިފަދަ ހާދިސާ ތަކުން ސަލާމަތްވެވޭނީ.