މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ މައުލޫމާތު ހޯދިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ އެކްސިޑެންޓަށްފަހު މަޑުނުކޮށް ފިލި މީހާގެ މައުލޫމާތު ހޯދިފައިވާ ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
ގަލޮޅު ހުވަފެނީ ގޯޅީގައި ހިނގައިދިޔަ މި އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން 22 އަހަރުގެ އިސްމާއިލް ޔަޒްދާން ވަނީ އެކްސިޑެންޓްގައި ވަނީ ހަމަ އެރޭ މަރުވެފަ އެވެ.
ގަލޮޅު ހުވަފެނީ ގޯޅީގައި އެކްސިޑެންޓް ހިނގުމާއެކު ސައިކަލް ދުއްވަން އިން މީހާ ވަނީ އޭނާގެ ފަހަތުގައި އިން ޔަޒްދާނާއި އެ މީހުން ދުއްވި ސައިކަލް ދޫކޮށް ފިލާފަ އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި އަންނަނިކޮށް ގޯޅިގައި ބަހައްޓާފައި ހުރި ގާޑިޔާގެ އަތްގަނޑުގައި ޖެހިގެންނެވެ. އަތްގަނޑު ވަނީ ޔަޒްދާންގެ ކަރަށް ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.
ދިރާގުން ދޭ ދެ ސްޕީޑްބޯޓް ހޯދަން ބާކީ ދެ ދުވަސް
ސަރުކާރު ޖަވާބުދާރީކުރަން އެންމެ ބުރަ މަސައްކަތްކުރަނީ ޕީއެންއެފް
ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން 5000ރ. ގެ ފީއެއް
