ސަރުކާރުން އަލަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާ ކަމަށް ބަލާނީ ކައިވެނިކުރާ މީހުންނަށް އެ އެއްޗެއް ލިބުނީ ކައިވެނިކުރާ ދުވަހުގެ 30 ދުވަސް ކުރިން ނުވަތަ ކައިވެނިކުރާ ދުވަހު ނުވަތަ ކައިވެނިކުރިތާ ގިނަވެގެން 30 ދުވަސް ފަހުން ހަދިޔާ ލިބުނު ނަމަ. އެހެންކަމުން އެ ނޫން މުއްދަތެއްގައި ކައިވެނީގެ ހަދިޔާ ލިބިފައިވާނަމަ އެ އެއްޗަކުން ޓެކްސް ނެގޭނެ.

މި ސަރުކާރުގެ މިހާރު ވިސްނުމަކީ ކައިވެނީގެ ހަދިޔާތަކުން ޓެކްސް ނެގުން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު ހުށަހެޅުއްވި ބިލުގެ ބަހުސް މަޖިލީހުގައި މިއަދު ވަނީ ބާއްވައިފަ އެވެ އެ ބިލުގައި ވަނީ ކައިވެނިކުރުމުން ވަކި މުއްދަތެއްގެ ފަހުންނާއި ކުރިން ލިބޭ ހަދިޔާއިން ޓެކްސް ނެގޭ ގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ކުރަން ހުށަހަޅައިފި އެވެ.

އެ ބިލް ހުށަހަޅުއްވަމުން ޒާހިރު ވިދާޅުވީ، އެ ބިލުގެ ބޭނުމަކީ 2019 ވަނަ އަހަރު ފާސްކުރި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާ ބާވަތްތައް އިސްލާހު ކުރުމަށާއި ރާއްޖޭގައި ވަޒަންވެރި ނުވާ ފަރާތްތައް ދައްކަން ޖެހޭ ބޭންކް ކޮމިޝަނާއި އިންޓަކަނެކްޝަން ޗާޖާ އަދި ރީ އިންޝުއަރެންސް ޕްރިމިއަމްއިން ޓެކްސް ދެއްކުން އިސްތިސްނާކުރުން ކަމަށެވެ.

ހަމައެއާއެކު މިހާރު އޮތް ގާނާނުގެ ދަށުން ޓެކްސް ނެގުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމުގައި ދިމާވާ ދަތިތައް ހައްލުކޮށް ނިޒާމު އިތުރަށް ހަރުދަނާކުރުމަކީ ވެސް އިސްލާހު ހުށަހެޅުއްވި ބޭނުމެވެ.

ޒާހިރު މިއަދު ހުށަހެޅުއްވި އިސްލާހުގައި ކައިވެނީގެ ހަދިޔާއިން ވެސް ޓެކްސް ނެގިދާނެ އުސޫލު ހިމަނާފައިވެ އެވެ. 2019 އަހަރު ފާސްކުރި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު މިހާރު އޮތް ގޮތުން ކައިވެނީގެ މުނާސަބަތުގައި ލިބުނު އެއްޗަކުން ޓެކްސް ދެެއްކުން އިސްތިސްނާވެ އެވެ.

ސަރުކާރުން އަލަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާ ކަމަށް ބަލާނީ ކައިވެނިކުރާ މީހުންނަށް އެ އެއްޗެއް ލިބުނީ ކައިވެނިކުރާ ދުވަހުގެ 30 ދުވަސް ކުރިން ނުވަތަ ކައިވެނިކުރާ ދުވަހު ނުވަތަ ކައިވެނިކުރިތާ ގިނަވެގެން 30 ދުވަސް ފަހުން ހަދިޔާ ލިބުނު ނަމަ އެވެ. އެހެންކަމުން އެ ނޫން މުއްދަތެއްގައި ކައިވެނީގެ ހަދިޔާ ލިބިފައިވާނަމަ އެ އެއްޗަކުން ޓެކްސް ނެގޭނެ އެވެ.

އެ އިސްލާހަށް އިދިކޮޅު ބައެއް މެމްބަރުން ވަނީ ފާޑު ވިދާޅުވެފަ އެވެ. އެގޮތުންނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހެޅުމުން ދޭހަވަނީ އާމްދަނީ ހޯދަން ސަރުކާރުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން ކަމަށެވެ. ޝިޔާމް އިތުރަށް ވިދާޅުވީ މި ގައުމަށް އާމްދަނީ ހޯދެން އޮތީ ހަމައެކަނި ރައްޔިތުންގެ ޖީބުން ކަމަށްވާ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.