ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން އެމެރިކާ އިން ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ހާމަކުރައްވާފަ އެވެ. އެކަމާ ގުޅިގެން ރައީސް ސޯލިހު ވަނީ އެގައުމުގެ ރައީސް ޖޯ ބައިޑަން އަށް ޝުކުރު ދަންނަވާފަ އެވެ.
ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމެރިކާގެ ގްލޯބަލް ކޮވިޑް ވެކްސިން ޝެއަރިން ޕްރޮގްރާމުގައި ރާއްޖެ ހިމެނީތީ ރައީސް ބައިޑަން އަށާއި އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
އެމެރިކާ އިން ހަދިޔާކުރާ ވެކްސިން އަކީ ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރާ ހަނގުރާމާގައި މުހިއްމު ދައުރެއް އަދާކުރާނެ އެއްޗެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދަށް ހަތް މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭން އެމެރިކާ އިން ވަނީ ނިންމާފަ އެވެ.
އެމެރިކާ އިން ހަދިޔާ ކުރަނީ ކޮން ވެކްސިނެއް ކަމެއް އަދި ނޭނގެ އެވެ. އެ ގައުމުގައި އުފައްދަނީ މޮޑާނާ އާއި ފައިޒާ ވެކްސިނެވެ.
މެލޭޝިޔާއިން ފެންނަ އިޒްރޭލު މީހުން ވަގުތުން ޑީޕޯޓްކުރަނީ
ނޭވާ ހިއްލުމާއި ހިތުގެ ބަލިތަކާ ގުޅުމެއް ވޭތަ؟
"އަލަތު ކައިވެންޏަށް ހިލޭ ޖާގަ ދޭނީ ތަނަވަސްކަން ނެތް މީހުންނަށް"

ކޮންކަހަލަ ބައެއް އެއް އަތުން މުސްލިމުން މަރަން އެހީތެރިވަމުން އަނެއް ކޮޅުން ދިވެހިންނަށް އެހީތެރިވަމުން އަނެއްކާ ފަލަަސްތީނުމައްސަލާގައި ދިވެހިންގެ ރުހުން ހޯދަންތަ،،
މީނަ ދައްކާ ވާހަކަ ޤަބޫލު ކުރާނީ މައުމޫނާ ބުރުމާ އިމްރާނު އާއެކަނި
ގުޑް.ގުޑް