ދިމިޝްގު (09 ޖޫން)- އިޒްރޭލުގެ ހަމަލާއެއް ކަމަށް ބެލެވޭ މިސައިލް ހަމަލާއެއް ސީރިޔާގެ ބިމަށް އަމާޒުވުމާއެކު އެ ގައުމުގެ އެއާ ޑިފެންސް ސިސްޓަމް އެކްޓިވޭޓް ވެފައިވާ ކަމަށް ސީރިޔާގެ ދައުލަތުގެ މީޑިއާ ސަނާ އިން ބުނެފި އެވެ.
އިޒްރޭލުން ލޯންޗްކޮށްފައިވާ ގިނަ ރޮކެޓް ހަމަލާތަކެއް މި ސިސްޓަމްގެ ދަށުން ހުއްޓުވައި، ހަލާކު ކޮށްލާފައިވާ ކަމަށް ސަނާ އިން ބުނެ އެވެ.
އިޒްރޭލުގެ މަތިންދާ ބޯޓުތައް ލުބުނާނުގެ ވައިގެ ސަރަހައްދުން ސީރިޔާއަށް އައިސްފައި ވާއިރު އެ މަތިންދާ ބޯޓުތަކުން ދިން ހަމަލާގައި އެއްވެސް މީހަކަށް ނުވަތަ އެއްވެސް ތަނަކަށް ގެއްލުންވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.
އިގިރޭސިވިލާތުގައި ހުންނަ ސީރިޔާގެ އޮބްޒާވެޓަރީ ފޯ ހިއުމަށް ރައިޓްސްއިން ބުނީ ވަރުގަދަ ހަމަލާތަކެއްގެ އިހުސާސް ދިމިޝްގުގެ އެކި ސަރހައްދުތަކަށް ކޮށްފައިވާ ކަމަށާއި އެ ހަމަލާތަކަކީ ސީރިޔާ އަސްކަރިއްޔާގެ މިލިޓަރީ ބޭސްތަކަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކެއް ކަމަށެވެ.
މި ތުހުމަތުތަކަށް އިޒުރޭލުން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެފައިވެ އެވެ.
ސީރިޔާގައި 2011 ވަނަ އަހަރު ފެނުނު ހަނގުރާމައާއެކު އިޒުރޭލުން ވަނީ އެކި ފަހަރުމަތިން ސީރިޔާގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދީފައެވެ. --- އަލް އަރަބިއްޔާ
ޑިޒްނީގެ "ޓޯއި ސްޓޯރީ 5"ގައި ޓޭލާގެ ލަވައެއް!
"ސަރުކާރުން ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަނީ ހައްދެއްނެތި"
ޖަސްޓިންއާއި ބްލޭކްގެ ކޯޅުމަށް ނިމުމެއް ނެތް، އަލުން ކޯޓަށް!