ޣައްޒާ (16 ޖޫން) - އިޒްރޭލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އެ ގައުމުގެ އަންހެނެއްގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލައިފި އެވެ.

ބުދަ ދުވަހު ހިނގި މި ހާދިސާގައި އިޒްރޭލްގެ ސިފައިން އެ އަންހެން މީހާގެ ގަޔަށް ބަޑިޖެހީ އެ މީހާގެ ކާރުން އިޒްރޭލުގެ ސިފައިންނަށް ހަމަލާ ދޭން އުޅުމުން ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެ އެވެ.

"އެ އަންހެން މީހާގެ ކާރުން އިޒްރޭލުގެ ސިފައިންނަށް ހަމަލާ ދިނުމަށް މަސައްކަތް ކުރުމަށްފަހު އޭނާ ވަނީ ވަޅިއެއް ހިފައިގެން ކާރުން ނުކުމެފައި،" އިޒްރޭލްގެ އަސްކަރިއްޔާއިން ވާހަކަ ދެއްކި އޮފިޝަލަކު ބުންޏެވެ.

އެއާއެކު އިޒްރޭލުގެ ސިފައިން ދިފާއުގައި އޭނާގެ ގަޔަށް ބަޑިޖެހީ ކަމަށް އޭނާ ބުންޏެވެ.

ފަލަސްތީނުގެ ސިއްހީ އިދާރާތަކުން އޭގެ ކުޑައިރުކޮޅެއް ފަހުން ވަނީ އޭނާ މަރުވެފައިވާކަން ޔަގީންކޮށްދީފަ އެވެ.

އިޒްރޭލުން ވަނީ ބުދަ ދުވަހު ފަތިހުގެ ވަގުތެއްގައި ޣައްޒާއަށް ވައިގެ މަގުން ވެސް ހަމަލާ ދީފަ އެވެ.

މިދިޔަ މަހު ދެ ގައުމުގެ މެދުގައިވެވެނު އެއްބަސްވުމުގެ ފަހުން އިޒްރޭލުން ދިން ފުރަތަމަ ހަމަލާގައި އެއްވެސް މީހަކު ޝަހީދުވެފަ އެއް ނުވެ އެވެ. -- އަލް އަރަބިއްޔާ