ކަތްރޯކީ ކިލާޑީގެ ސީޒަން 11 އަންނަނީ ވަރަށް އަވަހަށް ކަލާސް ޓީވީ އިން ދައްކަން ތައްޔާރު ވަމުންނެވެ. އެގޮތުން މިހާރު ކޭޕްޓައުންގައި ދަނީ މި ސީޒަންގެ ޝޫޓިންތައް ކުރިޔަށް ގެންދަމުންނެވެ.
މި ޝޯ ފަށާނީ 13 ބައިވެރިންނާއެކު އެވެ. ކޮންމެ ބައިވެރިއެއް ވެސް ފެންނާނީ އެ ބައިވެރިއަކަށް ހަވާލު ކުރެވޭ މަސައްކަތް އެންމެ ފުރިހަމައަށް ފުރިހަމަ ކުރެވޭތޯ މަސައްކަތް ކުރާތަނެވެ.
އިންޑިޔާގެ މީޑިއާ ރިޕޯޓުތައް ދައްކާ ގޮތުގައި މި ފަހަރުގެ ކަތްރޯކީ ކިލާޑީގެ ސީޒަން 11 ގައި އެންމެ ގިނަ ލާރި ލިބޭ ފަންނާނަކީ ލަވަ ކިޔުންތެރިޔާ ރާހުލް ވެއިދްޔަ އެވެ. ރާހުލްއަށް ކޮންމެ އެޕިސޯޑްއަކަށް 1.5 މިލިއަން އިންޑިއަން ރުޕީސް ލިބޭއިރު، ދެވަނަ އަށް އެންމެ ގިނަ ލާރި ލިބޭ ބައިވެރިއަކީ އިންޑިއަން ޓެލެވިޒަން އެކްޓްރެސް ދިވްޔަންކާ ޓްރިޕާތީ އެވެ. ދިވްޔަންކާއަަށް އެޕިސޯޑަކަށް އެއް މިލިއަން އިންޑިއަން ރުޕީސް ލިބޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ އިތުރުން ޝޯގެ ހޯސްޓު ރޯހިތް ޝެޓީއަށް އެޕިސޯޑަކަށް 4.9 މިލިއަން އިންޑިއަން ރުޕީސް ލިބެ އެވެ. ރޯހިތް ވަނީ މީގެ ކުރިން ވެސް ކަތްރޯކީ ކިލާޑީގެ 6 ސީޒަން އެއް ހޯސްޓު ކޮށްދީފަ އެވެ.
މި ފެށޭ ޖުލައި މަހުގެ ތެރޭގައި މި ސީޒަންގެ އެޕިސޯޑްތައް އޮން އެއާ ކުރާނެ ކަމަށް ހަބަރުތައް ދަނީ ފެތުރެމުންނެވެ.