މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒްގެ ވެސް މިސްރާބު ހުރީ ބިއުޓީ އުފެއްދުންތަކާ ދިމާލަށްކަން ހާމަވެއްޖެ އެވެ.

އިންސްޓަގްރާމްގައި މޭކަޕާއި ސްކިން ކެއާއަށް ހާއްސަ؛ ޓްރެންޑް މޫޑް ޕޭޖުން އާންމުކޮށްފައިވާ ފޮޓޯގައި ވަނީ ޖޭލޯގެ މޭކަޕް ބްރޭންޑް ޕޭޖްކަމަށް ލަފާ ކުރެވޭ ޕޭޖްގެ ސްކްރީން ޝޮޓެކެވެ.

"ޖޭލޯ ބިއުޓީ"ގެ ނަމުގައި ހަދާފައިވާ މިޕޭޖަށް އެއް ލައްކައަށްވުރެ ގިނަ ފޭން ފޮލޮވިންގ ލިބިފައިވާއިރު، މިހާތަނަށް އެއްވެސް ޕޯސްޓެއް ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިޕޭޖުން ފޭނުންގެ ޝައުގުވެރިކަން އަތުލައިގަތް މައިިގަނޑު ސަބަބަކަށްވީ މިޕޭޖުން ހަމައެކަނި ފޮލޯކޮށްފައިވާ އެކައުންޓަކީ ޖެނިފާ ލޮޕޭޒްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓަށްވެފައި، ޕޭޖުގެ ތައާރަފަކަށް "ސިއްރު ހާމަވުމާއި ގާތަށް" ކަމަށް ބުނެ ޖާހާފައިވާ ލިޔުންކޮޅެވެ.

މީގެ އިތުރުން، ނިމިގެން ދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ޖޭލޯގެ ފޭނުންވަނީ މޭކަޕް ބްރޭންޑެއް އަންނަތީތޯ ސުވާލު އުފައްދާފަ އެވެ. އެއީ ޖޭލޯގެ އިންސްޓަގްރާމުގައި "ޖޭލޯ ބިއުޓީ، އަންނަނީ" ކަމަށް ބުނެ ހޭޝްޓެގްކޮށް، ޕޯސްޓްކޮށްފައިވާ މޭކަޕް ލުކް ސެލްފީއަކާއި ގުޅިގެންނެވެ.

https://www.instagram.com/p/CGI3zglhGtL/

ޖެނިފާ ލޮޕޭޒްއަކީ 1980ގެ މެދުތެރެއިން ފެށިގެން މުނިފޫހި ފިލުވުމުގެ ދާއިރާއަަށް އެކި ރޮނގު ރޮނގުން ހިދުމަތް ކުރަމުން އަންނަ، ލެޓީނާ ދަރިކޮޅުގެ މީހުން ބާރުވެރިކުރުވުގައިވެސް މެދުނުުކެނޑުމެއްނެތި ހަރަކާތްތެރިވަމުންދާ ފަންނާނެކެވެ. މިމަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގައި އޮންނަ، ޕީޕަލްސް ޗޮއިސް އެވޯޑު 2020 ގައި "ޕީޕަލްސް އައިކަން އެވޯޑް" ޖެނިފާ ލޮޕޭޒްއަށް ދޭން ނިންމާފައިވާކަން އެ އެވޯޑް ހަފްލާ އިންތިޒާމް ކުރާ ފަރާތުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.