މިދިޔަ އަހަރު މުޅި ދުނިޔޭގައި ފެތުރެން ފެށުނު ނުރައްކާތެރި ކޮވިޑް -19ގެ ސަބަބުން މިހާރު އާންމު ގޮތެއްގައި ގިނަ ބަޔަކު ދައްކަމުން އަންނައެއް ވާހަކައަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކުރުމަށް ބޭނުންވާ ކަންކަމުގެ ވާހަކަ އެވެ.

ކެއިންބުއިމުގައި ވެސް މިހާރު ގިނަ މީހުން ވަރަށް ބޮޑަށް ފަރުވާތެރި ވާތަން ދަނީ ފެންނަމުންނެވެ. ސަބަބަކީ މި ނުރައްކާތެރި ވައިރަހުން ކިރިޔާ ވެސް ސަލާމަތްތެރިކަމެއް ލިބެން އޮތީ އަހަރެމެންގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްގެން ކަމަށް ވާތީ އެވެ.

ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކުރަން މުހިންމު ބައެއް ކަމުގައިވާ ދަގަނޑުގެ ބައި ގިނަ ކުރުމަށް އަހަރެމެންގެ ކެއުމުގައި ހިމަނަން ޖެހޭ މުހިއްމު ކާނާގެ ބާވަތްތަކެއްވެ އެވެ. މީގެ ތެރެއިން ވެސް ފާހަގަ ކޮށްލެވޭ ފަސް ބާވަތް ފާހަގަ ކޮށްލާނަމެވެ.

އަލުވި

އަލުވި. ދަނގަޑުގެ ބައި އެކުލެވޭ ބާވަތުގެ ކާނާ.

އަލުވިއަކީ އަހަރެމެން ދިވެހިންގެ ތެރޭގައި ވަރަށް ވެސް ގިނަ ބަޔަކަށް ކަމުދާ ބާވަތެކެވެ. އަލުވީގައި ގިނަ އަދަދަކަށް ދަގަނޑުގެ ބައި އެކުލެވިގެންވެ އެވެ. ދަގަނޑުގެ ބައިގެ އިތުރުން ފައިބާ އާއި ވިޓަމިން ސީ، ބީ، އަދި ޕޮޓޭސިއަމް ވެސް ގިނަ އަދަދަކަށް އަލުވީގައި އެކުލެވިގެންވެ އެވެ. މިހެންވުމުގެ ސަބަބުން އަހަރެމެންގެ ކޮންމެ ދުވަހެއްގެ ކެއުމުގައި އަލުވީގެ ކޮންމެ ވެސް މިންވަރެއް ހިމަނާލުމަކީ އޭގެ ސަބަބުން ދިފާއީ ނިޒާމް ވަރުގަދަވެގެންދާނެ ކަމެކެވެ.

މުގު

މުގު. ދަނގަޑުގެ ބައި އެކުލެވޭ ބާވަތުގެ ކާނާ.

މުގަކީ އާންމު ގޮތެއްގައި ބިދޭސީން ގެ މެދުގައި ވަރަށް މަގުބޫލް އެއްޗެކެވެ. ދިވެހިންގެ ތެރޭގައި ވެސް މުގު ކަމުދާ މީހުން މަދެއް ނޫނެވެ. މުގަކީ އޭގެ ސަބަބުން އަހަރެމެންގެ ހަށިގަނޑަށް ފައިދާތަކެއް ލިއްބައިދޭ ބާވަތެކެވެ. އެގޮތުން ބަލާއިރު ކައްކާފައި ހުރި ޖޯޑެއްގެ މުގުގައި ހަ މިލިގްރާމް ދަގަނޑު ގެ މިންވަރު އެކުލެވެ އެވެ. މިއީ ދުވާލަކު އަހަރެމެންގެ ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މިންވަރުގެ 37 ޕަސެންޓް އެވެ. މިހެންވެ ދިފާއީ ނިޒާމް ވަރުގަދަކުރަން ކެއުމުގައި މުގު ހިމެނުމަކީ އެދެވިގެންވާ ކަމެކެވެ.

ބޯވެލި ފަތް (ސްޕިނަޗް)

ބޯވެލޮ ފަތް. ދަނގަޑުގެ ބައި އެކުލެވޭ ބާވަތުގެ ކާނާ.

ހަށިގަނޑުގެ ދީފާއީ ބާރުގަދަ ކުރަން ބޯވެލި ފަތް (ސްޕިނެޗް) އަކީ ވެސް މުހިއްމު ރޯލެއް އަދާކުރާ ކާނާ އެކެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް ދަގަނޑު ބައި ހިމެނޭ އެއް ކާނާ އަކީ ބޯވެލިފަތެވެ. ދަގަނޑުގެ ބައިގެ އިތުރުން ބޯވެލި ފަތަކީ ކެލްސިއަމް އާއި ސޯޑިއަމް ވެސް ގިނަ އަދަދަކަށް އެކުލެވޭ ބާވަތެކެވެ. މިހެންކަމުން ދިފާއީ ބާރު ގަދަ ކުރުމަށްޓަކައި ސްޕިނެޗް ނުވަތަ ބޯވެލި ފަތަކީ އަކީ ކޮންމެހެން ވެސް ކެއުމުގައި ހިމަނާލަން ޖެހޭ މުހިއްމު ބާވަތެކެވެ.

ސޯޔާ ބީން

ސޯޔާ ބީންސް. ދަނގަޑުގެ ބައި އެކުލެވޭ ބާވަތުގެ ކާނާ.

ސޯޔާ ބީން އަކީ ވެސް އޭގައި ގިނަ އަދަދަކަށް ދަގަނޑުގެ މިންވަރު ހިމެނޭ ބާވަތެކެވެ. 100 ގްރާމް ސޯޔާ ބީންގައި 15.7 މިލިގްރާމް ދަގަނޑުގެ ބައި ހިމެނެ އެވެ. އާންމުގޮތެއްގައި އަހަރެމެންގެ ކޮންމެ ދުވަހެއްގެ ކެއުމުގައި ސޯޔާ ބީން ހިމެނުމުން ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ ބައި ލިބި ދިފާއީ ނިޒާމް ވަރުގަދަކުރުމަށް އެހީތެރިވެދެ އެވެ .