މުގުބަތަކީ އީދު ދުވަހުގެ ސުފުރާ މައްޗަށް ކަމުދާނެ ކެއުމެކެވެ. ހިކިރިހަ އަކާއެކު ކާލަން މީރު ބަތަކީ ހަދާލަން ވެސް ފަސޭހަ ކެއުމެކެވެ.

ބޭނުންވާނެ ތަކެތި

  • 1 ޖޯޑު ހަނޑޫ (ދުވެ ފުރާނާފައި)
  • 1/3 ޖޯޑު މުގު (ދޮވެ ފުރާނާފައި)
  • 1 ފިޔާ (ތުނިކޮށް ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ ގިތެޔޮ
  • 1/3 ސައިސަމުސާ ދިރި
  • 2 ޖޯޑު ފެން
  • ލޮނު (ރަހަލާވަރަށް)

ތައްޔާރުކުރާނެ ގޮތް

  1. ތަވައެއްގައި ގިތެޔޮ ހޫނު ކުރުމަށްފަހު ފިޔާކޮޅު އަޅައި ރަތް ކޮށްލާށެވެ. ފިޔާކޮޅު ރަތްވެ މުރަނަވުމުން ތަށްޓަކަށް ނަގައި އެއްފަރާތް ކުރާށެވެ.
  2. ހަމަ އެތަވާގައި އިތުރު 1 ސަމުސާ ގިތެޔޮ ހޫނު ކުރުމަށްފަހު ދިރިކޮޅު އަޅައި މިނެޓެއްހާއިރު ވަންދެން ކައްކާށެވެ. އެއަށްފަހު ހަނޑުލާއި މުގުކޮޅު ތެއްޔަށް އަޅައި ހަނާ ވަންދެން ހަލަމުން ގެންދާށެވެ.
  3. ހަނޑޫކޮޅު ހަނާވުމުން ފެނާއި ލޮނު އަޅައި އެއްކޮށްލުމަށްފަހު ބަތްކޮޅު ހިނދެން ދެން މަތިޖަހާފައި ބަހައްޓާށެވެ. ފެންގަނޑު ކެކިގަތުމުން ގިނި މަޑުކޮށްލުން ރަނގަޅުވާނެ އެވެ.
  4. ބަތްކޮޅު ރަނގަޅަށް ހިނދުމުން ކުރިން ރަތްކުރި ފިޔާކޮޅު ބަތް އެއްޗަށް އަަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

މި ހާހިސާބުން އަހަރުމެންގެ މުގުބަތް ތައްޔާރުކޮށް ނިމުނީ އެވެ. އީދު ދުވަހުގެ މެންދުރުގެ ނާސްތާއަށް މިއީ ވަރަށް ކަމުދާނެ އެވެ.