ބޮލީވުޑް މަޝްހޫރު ތަރި އައިޝްވަރިޔާގެ ދަރިފުޅަށް ރަންބީރުއަކީ ބައްޕަ ކަމަށް ހީކުރެވުނު ކަމަށް އޭނާ ބުނެފި އެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރްއަކީ އެކްޓިންގެ އިތުރުން އޭނާގެ ޖާދޫގައި އެތައް އަންހެން ކުދިންނެއް ޖެހެމުންދާ ފަންނާނެކެވެ. ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަ ކުދިންގެ "ކްރަޝް" އަކަށް ވެސް ރަންބީރު ވަނީ ވެފަ އެވެ. މީގެ ތެރޭގައި ބޮލީވުޑްގެ ބަތަލާ އައިޝްވަރިޔާ ރާއީގެ ދަރިފުޅު އާރާދިޔާ ބައްޗަން ހިމެނެ އެވެ.

މީގެ އަހަރުތަކެއް ކުރިން ފިލްމް ފެއާއަށް ދިން އިންޓަވިއުއެއްގައި އައިޝްވަރިޔާ ރާއީ ބުނިގޮތުގައި އާރާދިޔާ އޭނާގެ ބައްޕަ ކަމަށް ހީކޮށް ރަންބީރު ކަޕޫރު ގައިގަ ބައްދާލި އެވެ. މިކަމެއް ހިނގާފައި ވަނީ 2016 ވަނަ އަހަރު އައިޝްވާރިޔާއާއި ރަންބީރު ކަޕޫރުއެކުގައި ފެނިގެން ދިޔަ ފިލްމު ''އެ ދިލްހެ މުޝްކިލް'' ގެ ޝޫޓިންތައް ކުރިޔަށް ގެންދިޔައިރު ކަމަށްވެ އެވެ.

އަބީޝެކްއާ އެއްވަތަރެއްގެ ޖެކެޓަކާއި ތޮތްޕެއް އަޅާފައި ހުރުމުން ރަންބީރު ފުރަގަހުން ފެނުމުން އަރަދިޔާއަށް އެއީ އޭނާގެ ބައްޕަ އަބީޝެކް ކަމަށް ހީކުރެވުނީ ކަމަށް އައިޝްވަރިޔާ ވަނީ ބުނެފަ އެވެ.

މި ހާދިސާއަށްފަހު އާރާދިޔާ ރަންބީރު ފެނުމުން ލަދުން އުޅޭ ކަމަށް ވެސް އައިޝްވަރިޔާ ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަރަދިޔާއަށް ރަންބީރު ތައާރަފް ކޮށްދީފައި ވަނީ ރަންބީރު ބޭބެނަމުން ނަމަވެސް، ރަންބީރަށް ''ބޭބެ'' ކިޔަން އަރަދިޔާ ބޭނުމެއް ނުވެ އެވެ. އަރަދިޔާ ރަންބީރަށް ކިޔަނީ "އާރްކޭ" ކަމަށްވެ އެވެ.