އައްޑޫގައި ހިންގާ އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ)އަށް އަލަށް ގެންނަ އެއާ ކްރާފްޓް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް އެވިޑް ކޮލެޖުން ބުނެފި އެވެ.

އެވިޑް ކޮލެޖުން ބުނީ އެކޮލެޖުގެ ފަރާތުން އައްޑޫގައި ހިންގާ އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) އަށް އަލަށް ގެންނަ އެއާ ކްރާފްޓްގެ ފުރަތަމަ ގްރައުންޑް ރަން ޗެކިންގެ ކަންތައް ބަރާބަރަށް ފުރިހަމަކޮށް ނިމިފައިވާ ކަމަށެވެ. އަދި އެފްލައިޓް ވަރަށް އަވަހަށް ރާއްޖެ ގެނެވޭނެ ކަމަށްވެސް އެކޮލެޖުން ބުންޏެވެ.

އެ ސްކޫލަށް އަލަށް ގެނައުމަށް ހަމަޖެހިފައިވާ ފްލައިޓްގެ މަސައްކަތް ކުރަމުން އަންނައިރު ދިގު މުއްދަތަކަށް ފަހު ފްލައިން ސްކޫލުގެ ކިޔެވުން މި މަހު ވަނީ ފަށައިފަ އެވެ.

https://www.facebook.com/avidcollegeMV/photos/pcb.1738862586321929/1738860222988832/

މީގެ އިތުރުން މީގެ ހަފްތާއެއް ކުރިން ގްރައުންޑް ކްލާސްތަކުގެ ތިއަރީބައި ފުރިހަމަ ކުރަންޖެހޭ ދަރިވަރުންގެ ކްލާސްތައް ފަށާފައިވާ ކަމަށާއި، އިމްތިހާނު ހަދަން ޖެހޭ ކުދިން އެ ކަމަށް ތައްޔާރުކުރުމަށް ރިފްރެޝާ ކްލާސްތައް ވެސް ފަށާފައިވާ ކަމަށް އެވިޑުން ބުންޏެވެ.

އައްޑޫ ފްލައިން ސްކޫލް ހިންގަމުން އަންނަ އިމާރާތް ހުސްކުރުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ނޯޓިސް ފޮނުވާފައިވަނީ މި މަހުގެ ނިޔަލަށެވެ.

މަތީ ތައުލީމުގެ އެކި ކޯސްތައް ހިންގާ އެވިޑް ކޮލެޖުން، އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) ގަނެ، އެ ސްކޫލު ހިންގުމާ ހަވާލުވިއިރު، އޭއޭއޭގެ ހިންގުން ދޯދިޔާވެ، ދަރިވަރުންގެ ކޯސް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވޭ މައްސަލަ ވަނީ ހޫނުވެފަ އެވެ.