ޑާކްރެއިން އެންޓަޓެއިންމަންޓުން ހަދާ ޑްރާމާ ސީރީޒް "ގިރިޓީ ލޯބި"ގެ ޝޫޓިންގެ 20 ޕަސެންޓް ނިމިއްޖެ އެވެ.

"ގިރިޓީ ލޯބި" ވެބް ސީރީޒަކީ އައިޝަތު ފުއާދު ތައުފީގު އަދި މުހައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒެކެވެ.

މި ސީރީޒާ ބެހޭ ގޮތުން މޮގާ ބުނީ ސޫޓިން ފަށައިގެން ކުރިއަށްދާއިރު ތަރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ޝޫޓްކުރަމުން، އެޑިޓިންގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވެސް މޮގާ ބުންޏެވެ.

ޑާކްރެއިންގެ ސީރީޒް "ގިރިޓީ ލޯބީ"ގެ ޝޫޓިންގެ ތެރެއިން... ފޮޓޯ: ޑާކްރެއިން

މަޝްހޫރު ލިޔުންތެރިޔާ އަހުމަދު ޒަރީރުގެ ވާހަކަ އަކަށް ހަދާ "ގިރިޓީ ލޯބި"ގެ މެއިން ކާސްޓުންގެ ތެރޭގައި "އެހެނަސް" އިން ވިދާލި ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ(އާޝާ)ގެ އިތުރުން އިތުރުން މުހައްމަދު މަނިކު، މުޙައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ހިމެނެ އެވެ. މީގެ އިތުރުން މުޅިން އާ މޫނުތަކެއް ވެސް މި ސީރީޒުން ފެންނާނެ އެވެ.

ޑާކްރެއިންގެ ސީރީޒް "ގިރިޓީ ލޯބީ"ގެ ޝޫޓިންގެ ތެރެއިން... ފޮޓޯ: ޑާކްރެއިން

ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ ގިނަ މަސައްކަތް ކުރަމުން އަންނަ ޑާކްރެއިންގެ ގިނަ ފިލްމުތަކެއް ކުރިޔަށް ވެސް ރިލީޒްވާން އެބަ ހުއްޓެވެ. އޭގެ ތެރޭގައި "ނޮވެމްބަރު" އާއި "ބަޅިނދު" ގެ އިތުރުން "ބީވީމާ" ވެސް ހިމެނެ އެވެ. އަދި މަސައްކަތް ނުފަށާ ގިނަ ޕްރޮޖެކްޓްތަކެއް ވެސް އެބަހުއްޓެވެ.