ކާފުރު ތޮޅިއަކީ ކެއުމުގައި އެކި ގޮތްގޮތަށް ބޭނުން ކުރާ އެއް ބާވަތެކެވެ. އެއްބަޔަކު ކައްކާއިރު ރަހަ މީރުކުރަން ކެއްކުމުގައި ބޭނުން ކުރާއިރު އަނެއް ބަޔަކަށް އެ ކަމުދަނީ ހުހަށް ކެއުމަށެވެ. ކެއުމަށް ފަހު އަނގައިގެ ރަހަ ރަނގަޅު ކޮށްލާށެވެ.
އެކި ގޮތްގޮތަށް ކެއުމުގައި ބޭނުން ކުރެވޭޭ ކާފުރު ތޮޅިއަކީ އެއިން އަހަރުމެންގެ ސިއްހަތަށް ވަރަށް ގިނަ ފައިދާތައް ލިބިދޭ އެއްޗެކެވެ. އެގޮތުން ބައެއް ފައިދާތަކަށް މި ލިޔުމުގައި ކުރު ގޮތަކަށް ބަލާލާނަމެވެ.
ލޭގެ ޕްރެޝަރު ދަށްކޮށްދޭ
ކާފުރު ތޮޅީގައި އެކުލެވޭ އެންޓި އޮކްސިޑަންޓްސް މާއްދާތަކުގެ ސަބަބުން ލޭގެ ޕްރެޝަރު އެއްވެރެއްގައި ހިފެެހެއްޓުމަށް އެހީވެދެ އެވެ. މީގެ އިތުރުން ހަށިގަނޑުގައިވާ ވިހަ މާއްދާތައް ބޭރުކޮށްދީ ބަލިތަކުން ދުރުވުމަށް އެހީވެ އެވެ.
ހަޖަމު ކުރުމުގެ މައްސަލަތަކަށް ހައްލެއް
ކާފުރު ތޮޅިއަކީ ހަޖަމު ކުރުމުގެ ނިޒާމަށް ޖެހޭ ބަލިތަކަށް ފަރުވާ ކުރުމުގައި ޒަމާނުއްސުރެ ބޭނުންކުރާ އެއްޗެކެވެ. އެގޮތުން ބަނޑު ހަރުވުމާއި ބަނޑު ދިޔާވުމަށް ކާފުރު ތޮޅިއަކީ އޮތް ހައްލެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.
އިންފެކްޝަންތަކުން ދުރުކޮށްދޭ
އެންޓި ބެކްޓީރިއަލް މާއްދާތައް ގިނަ އަދަދަކަށް އެކުލެވޭ ކާފުރު ތޮޅި ކެއުމުގައި ބޭނުން ކުރުމަކީ އިންފެކްޝަންތައް ޖެހުން ދުރުކޮށްދޭ ކަމެއް ކަމަށް މާހިރުން ބުނެ އެވެ. އެއާއެކު ކާފުރު ތޮޅީގައި ހިމެނޭ ތެލަކީ އެކި ކަހަލަ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެއް ކަމަށް ވެސް ހޯދިފައިވެ އެވެ.