ޖުމުހޫރީ ޕާޓީގެ ހަރުދަނާކޮށް ވަރުގަދަ ކުރަން އިތުރު މަސައްކަތްތަކެއް ކުރުމަށް ނިންމައިފި އެވެ.

މިގޮތަށް ޖުމްހޫރީ ޕާޓީން ނިންމީ ރޭ އެ ޕާޓީގެ 143 ވަނަ ކައުންސިލުން ބޭއްވި ބައްދަލުވުމުގަ އެވެ.

ޕާޓީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަން 10 ކޮމެޓީއެއް އުފައްދަން ކައުންސިލުން ވަނީ ފާސްކޮށްފައި އެވެ. އަދި ކައުންސިލްގެ 15 މެމްބަރުން ތެރެއިން ހުސްވެފަވާ ދެ މެމްބަރަކު ހޮވުމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަން ވެސް ވަނީ ނިންމާފައި އެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ބައިވެރިވަޑައިގެންނެވި އެ ބައްދަލުވުމުގައި ރިޔާސަތުން ވަނީ ޕާޓީ ހަރަކާތަށް އިތުރުކުރުމަށް އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރުތައް ފަށަން ނިންމަވައިފަ އެވެ.

މީގެ އިތުރުން އެ ޕާޓީގެ ސުލޫކީ ކޮމެޓީ އާއި އިސްތިއުނާފް ކޮމެޓީން ހުސެވެފައިވާ މަގާމުތަކަށް ވެސް ރޭގެ ކައުންސިލް ބައްދަލުވުމުގައި މެމްބަރުން އިންތިހާބުކޮށްފައިވެ އެވެ.

ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ ހުސެއިން ރަޝީދު ހަސަން އާއި ޑެޕީއުޓީ ލީޑަރު އަމީން އިބްރާހިމް އާއެކު 29 ކައުންސިލް މެމްބަރުން ބައިވެރި ރޭ ބައްދަލުވުމުގައި ބައިވެރިވެވެވަޑައިގެންނެވި އެވެ.

ޖޭޕީ ހަރުދަނާކުރުމަށް އެ ޕާޓީގެ ކައުންސިލުން ފާސްކުރިއިރު، ދާދި ފަހުން ވަނީ އެ ޕާޓީގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވެ، އެހެން ޕާޓީއެއް އުފައްދަން މަސައްކަތް ފައްޓަވަައިފަ އެވެ.