ވޮޝިންޓަން (25 އޮގަސްޓް) - އެމެރިކާގެ ނާއިބު ރައީސް ކަމާލާ ހެރިސް ވިއެޓްނާމަށް ކުރައްވަން އޮތް ދަތުރުފުޅުގެ ތެރެއިން ވިއެޓްނާމްއިން ނުރައްކާތެރި ބައްޔެއް ކަމަށްވާ ހަވާނާ ސިންޑްރޯމް ފެނފައިވާ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް އެކަމަނާގެ ދަތުރުފުޅައިގެން ކުރިއަށް ގޮސްފި އެވެ.
ކަމަލާ ހެރިސް ވިއެޓްނާމަށް ވަޑައިގަތީ އެ ގައުމުގެ ވެރިރަށް ހެނޯއީގެ މީހެއްގެ ފަރާތުން ހަވާނާ ސިންޑްރޯމް ފެނުމާ ގުޅިގެން ސިންގަޕޫރުގައި ތިންގަޑިއިރު އިތުރަށް މަޑުކޮށްފަ އެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކެޓްރެރީ ޖެން ސަކީ ވިދާޅުވީ ހަނޯއީގެ ހަވާނާ ސިންޑްރޯމް ކޭސްގެ ރިޕޯޓު ލިބިފައިވަނީ ކަމަލާ ފުރާވަޑައިގަތް ފަހުން ކަމަށާއި އެކަމަނާ ވިއެޓްނާމަށް ވަޑައިގަތުމުގެ ކުރިން ރައްކާތެރިކަން ޔަގީން ކޮށްފައިވާނެ ކަމަށެވެ.
މިހާތަނަށް ވިއެޓްނާމްގައި ތިބި 200 އަށްވުރެ ގިނަ އެމެރިކާގެ އޮފިޝަލުންނަށް ހަވާނާ ސިންޑްރޯމް ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީއިން ތުހުމަތުކުރާ ގޮތުގައި މިއީ ރަޝިއާ އިން ގަސްދުގައި ވިއެޓްނާމްގައި އުފެއްދި ބަލިމަޑު ކަމެކެވެ. މިކަމާ ބެހޭ ގޮތުން ރަޝިއާއިން އަދި ބަހެއް ބުނެފައެއް ނުވެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ އެމެރިކާއާއި ޗައިނާގެ މަސްރަހު ހޫނުވެފައި އޮތް ދަނޑިވަޅެއްގަ އެވެ.
ކަމަލާ ހެރިސްގެ ދަތުރުފުޅު ފަސްވުމުން ވިއެޓްނާމްގެ ބޮޑުވަޒީރު ވަނީ ޗައިނާއިން ވިއެޓްނާމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއޮންގް ބޯ އާ ބައްދަލު ކުރައްވައި ވިއެޓްނާމަކީ އެއްވެސް ފަރާތަކަށް ބުރަވާނެ ގައުމެއް ނޫން ކަމަށް ބުނެފަ އެވެ. – ދަ ސްޓްރެއިޓްސް ޓައިމްސް
ވިއްސާރާގައި ލަންކާއިން 56 މަރު، ސަރުކާރު ބަންދުކޮށްފި
ލިއަމްގެ މަރުގެ ތުހުމަތު އެޅުވުމުން ސައިމަންގެ ހޫނު ރައްދެއް!
"ރަޝް އަވާ 4"ގެ މަސައްކަތް ފަށަނީ!