ގޭގައި ގެންގުޅޭ ހިފާ ގެންގުޅޭ ތަކެތި ގަވާއިދުން ބަދަލު ކުރަން ކިހާ އިސްކަމެއް ދެވޭ ހެއްޔެވެ؟ ކާއެއްޗެއްސެކޭ އެއްފަދައިން މިފަދަ ތަކެއްޗަކީ ވެސް މުއްދަތު ހަމަވާ އެއްޗެހިކަން އެނގޭ ހެއްޔެވެ؟ މި ލިޔުމުގައި މި ބަލާލަނީ އަހަރުމެންގެ އާއްމު ދިރިއުޅުމުގައި ގެންގުޅޭ އާދައިގެ އެއްޗެހި އެންމެ ގިނަވެގެން ބޭނުން ކުރަންވާނެ މުއްދަތަށެވެ.
ސްޕޮންޖް
ސްޕޮންޖަކީ ވަރަށް ފަސޭހައިން ޖަރާސީމު އަށަގަންނަ އެއްޗެކެވެ. އެގޮތުގެ މަތިން ތިބާގެ އަތަށް ޖަރާސީމު އަރައި ކާއެއްޗެއްސަށް ވެސް ޖަރާސީމު އަރާގޮތްވެ އެވެ. އެހަން ކަމުން ހަފްތާއަކު އެއްފަހަރު ތަށި ދޮންނަ ސްޕޮންޖު ބަދަލު ކުރަންވާނެ އެވެ.
ބާލީސް
މާ ގިނަ ދުވަހު ބާލީސް ބޭނުން ކޮށްފި ނަމަ ދެފުށްޖެހި ކަރަށް އުނދަގޫވެ އެވެ. ހަމެ އެހެންމެ އެއީ ދަލާއި ހަށިގަނޑުގެ ތެޔޮ ވަދެ ތަޣައްޔަރުވާ އެއްޗެކެވެ. ކޮންމެ ދެ އަހަރަކުން ގެންގުޅޭ ބާލީސްތައް ބަދަލު ކުރަންވާނެ އެވެ.
ދަތް އުނގުޅާ ބުރުސް
ދުވާލަކު ދެފަހަރު ބޭނުންކުރުމަކީ ދެތް އުނގުޅާ ބުރުހުގެ ނަރުތައް ދުރުވެ އެއިން އެންގެ ރަނގަޅަށް ދަތްތައް ސާފުނުވުމަށް މެދުވެރިވާ ކަމެކެވެ. އެހެން ކަމުން ކޮންމެ ތިންމަހަކުން ދަތް އުނގުޅާ ބުރުސް ބަދަލު ކުރުން އެދެވިގެންވެ އެވެ.
އަޑިންލާ އަންނައުނު
އަންހެނުން ހެދުމުގެ އަޑިންލާން ބޭނުންކުރާ އަންނައުނު މާ ގިނަ ދުވަސް ވަންދެން ބޭނުންކުރުމަކީ ސިއްހީ ގޮތުން ނުރައްކަލަށް ހުށައަޅައިދޭ ކަމެކެވެ. އެހެން ކަމުން ކޮންމެ ހަމަހަކުން މިފަދަ އަންނައުނު އާކުރަން އާދަކުރާށެވެ.
ތެލި ތަށި
ބަދިގޭގައި ބޭނުންކުރާ ތެލި ތައްޓަކީ ޖަރާސީމު ހިފުން ގާތް ތަކެއްޗެވެ. ދަގަނޑު ތެލިތަކުގައި ދަބަރު ޖެހުރުގެ ފުރުސަތު އޮތްއިރު ޕްލާސްޓިކް ތަށިތައް ގިނަ ދުވަހު ބޭނުން ކުރުމަކީ އޭގެ ސަބަބުން ވިހަ މާއްދާއެއް އުފެދޭ ކަމެކެވެ. އެހެން ކަމުން ބޭނުން ކުރާ ތެލި ތަށި ކޮންމެ ތިން އަހަރަކުން އާ ކުރަންވާނެ އެވެ.