ދިވެހި ފިލްމީ ދާއިރާގައި މިހާރު ބާރަށް ކުރިއަރަމުން އަންނަ އެއް ބަތަލާ އާމިނަތު ރަޝްފާ (އާޝާ)ގެ މުޅިން އާ ލަވަ، "ޝިކާރަ"ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

އާޝާ އަމިއްލައަށް ޕްރޮޑިއުސްކޮށް ނެރުމަށް ހަމަޖެހިފައިވާ ލަވާގެ ޕޯސްޓަރު ދައްކާލާފައި ވަނީ އޭނާގެ އިންސްޓަގްރާމްގަ އެވެ.

ޕޯސްޓަރުގައި އާޝާ ފެނިގެން ދާއިރު، އޭނާއާއެކީ ދެން ލަވައިގައި ފެނިގެންދާ ފިރިހެން ފަންނާނު ވެސް ހިމެނެ އެވެ. ނަމަވެސް ފުރަގަހަށް ހުއްޓިގެން ހުރުމުން އެއީ ކޮން ފަންނާނެއްކަން ޔަގީނެއް ނުވެ އެވެ.

https://www.instagram.com/p/CTm7ZLAr_eh/

އަމިއްލަ ރާގަކަށް ހަދާފައިވާ "ޝިކާރާ" ލަވަ ކިޔާފައި ވަނީ ޝަލަބީ އާއި އަޝްފާ އެވެ. މި ލަވަ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އާޝާގެ އުފަން ދުވަހާ ދިމާކޮށް މާދަމާ އެވެ.

https://www.youtube.com/watch?v=fdH7JL3s6Hc&t=1s

ޓިކްޓޮކް އިން މަގުބޫލުކަމެއް ހޯދި އާޝާ އެންމެ ފުރަތަމަ ފެނިގެން ދިޔައީ ޑާކްރެއިން އެންޓަޓެއިންމަންޓް އިން ނެރުނު ގޮށްރާޅު ފިލްމުންނެވެ.

މިދިޔަ އަހަރު ވެސް އާޝާގެ އުފަން ދުވަހާ ދިމާކޮށް ސެޕްޓެމްބަރު 16 ގައި އޭނާ ވަނީ "ގުނަމުން މިދާ" ގެ ނަމުގައި އަމިއްލަ ވީޑިއޯ ލަވައެއް ނެރެފަ އެވެ.

މި ލަވައަކީ ފެޝަން ޑިޒައިނާ އަދި މޭކަޕް އާޓިސްޓް ސޭންޑީގެ ފުރަތަމަ ޑައިރެކްޝަން ވެސް މެ އެވެ.