ދިވެހި ފިލްމީ ދާއިރާގައި މިހާރު ކުރިއަރަމުން އަންނަ އެއް ބަތަލާ އާމިނަތު ރަޝްފާ (އާޝާ)ގެ އުފަންދުވަހާ ގުޅިގެން ނެރުމަށް ހަމަޖެހުނު އާ ވީޑިއޯ ލަވަ "ޝިކާރަ" ނެރެފި އެވެ.

އާޝާގެ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުން އޭނާގެ ފޭނުންނަށް "ޝިކާރަ" ދިން އިރު އެލަވައަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މިފަހަރު އާޝާގެ "ޝިކާރަ"އަކަށް ވެފައި ވަނީ މަޝްހޫރު އެކްޓަރު އަހުމަދު އީސަ (އާނަންދު) އެވެ.

އަމިއްލަ ރާގަކަށް ހަދާފައިވާ "ޝިކާރާ" ލަވަ ކިޔާފައި ވަނީ ޝަލަބީ އާއި އަޝްފާ އެވެ.

އާޝާ އަމިއްލަ ޕްރޮޑިއުސްކޮށް ފެޝަން ޑިޒައިނަރު ސޭންޑީ ޑައިރެކްޓްކޮށްފައިވާ "ޝިކާރަ" ގެ މަންޒަރުތައް ކ. މާފުށި އަދި މާލޭގެ އިތުރުން ހުޅުމާލޭގަ އެވެ.

https://www.youtube.com/watch?v=my9FATGZlYQ&t=231s

އާޝާގެ ޔޫޓިއުބް ޗެނަލް އިން "ޝިކާރަ" ބަލައިލެވެން ހުރި އިރު މިއީ އާޝާ އަމިއްލަ ޕްރޮޑިއުސްކޮށް ހެދި ދެވަނަ ލަވަ އެވެ. އޭނާ ވަނީ މިދިޔަ އަހަރު ވެސް އުފަން ދުވަހާއި ދިމާކޮށް "ގުނަމުން މިދާ" ލަވަ ބެލުންތެރިންނަށް ގެނެސްދީފަ އެވެ.

ޓިކްޓޮކް އިން މަގުބޫލުކަމެއް ހޯދި އާޝާ އެންމެ ފުރަތަމަ ފެނިގެން ދިޔައީ ޑާކްރެއިން އެންޓަޓެއިންމަންޓް އިން ނެރުނު ގޮށްރާޅު ފިލްމުންނެވެ.