ހެދި ބޮޑުވަމުން އަންނަ ދަރިންގެ ސިއްހަތަކީ ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަން ޖެހޭ ކަމެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ކުޑަކުދިން ބެހެއްޓުމަށްޓަކައި އެންމެ ކުޑައިރުއްސުރެ ސިއްހަތަށް ފައިދާހުރި ކެއުންތައް ދިނުމަކީ މުހިންމު ކަމެކެވެ. މިލިޔުމުގައި މި ބަލާލަނީ ދުޅަހެޔޮ ދަރިންތަކެއް ބޮޑުކުރުމަށްޓަކައި ކޮންމެ ދުވަހަކު ވެސް އެ ކުދިންނަށް ދިނުން މުހިންމު ބައެއް ކެއުންތަކަށެވެ.

އޯޓްމީލް

ވިޓަމިން ބީ ގިނަ އަދަދަކަށް އެކުލެވޭ އޯޓްމީލްއަކީ ސިކުނޑީގެ ހެދިބޮޑުވުމަށް ވަރަށް މުހިންމު ކެއުމެކެވެ. އޯޓްމީލްގެ ފަސޭހަ ކަމަކީ އެކިގޮތްގޮތަށް ތައްޔާރުކޮށްގެން ކުދިންނަށް ދެވިދާނެކަމެވެ.

ކިރުގެ ބާވަތްތައް

ކުރިގެ ބާވަތްތަކަކީ ހަށިގަނޑަށް ލިއްބައިދޭ ޕްރޮޓީންސް އެންމެ ގިނައިން ލިބިދޭ ބާވަތްތަކެވެ. އެހެންކަމުން ދަރިންގެ ކެއުމުގައި ކިރާއި ޗީޒް އަދި ޔޯގަޓް ފަދަ ބާވަތްތައް ގިނައިން ހިމަނާށެވެ.

މޭވާ އާއި ތަރުކާރީ

އެކި ބާވތްތަކުގެ ތަރުކާރީ އާއި މޭވާ ކެއުމަށް ކުޑަކުދިންނަށް ބާރު އަޅާށެވެ. މިއީ ލުއިކާނާގެ ބަދަލުގައި އެކުދިންނަށް ދެވިދާނެ ރަނގަޅު އެއްޗެކެވެ.

ބަދަނުގެ ބާވަތްތައް

ބަދަނުގެ ތަފާތު ބާވަތްތައް ގަވާއިދުން ކޮންމެ ދުވަހަކު ކުޑަކުދިންނަށް ދިނުމަށް ޑޮކްޓަރުން ލަފާދެ އެވެ. މިއީ ފައިބާ ގިނަ އަދަދަކަށް ލިއްބައިދޭ ހަށިގަނޑުގެ އާއްމު ސިއްހަތު ރަނގަޅު ކޮށްދޭ ބާވަތް ތަކެކެވެ.