ވިޓަމިން ސީއަކީ ހަށިގަނޑަށް ބޭނުންވާ މައުދަންތަކުގެ ތެރެއިން އެއް މާއްދާ އެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމް ރަނގަޅަށު ހިނގުމަށް އެހީވެދިނުމުގެ އިތުރުން ވިހަ މާއްދާތަކުން ދިފާއީ ނިޒާމްގެ ސެލްތައް ރައްކާތެރި ކޮށްދިނުމަކީ ވެސް ވިޓަމިން ސީ ހަށިގަނޑަށް މުހިއްމުވާ ބައެއް ސަބަބުތަކެވެ.
ހެދިބޮޑުވަމުން އަންނަ ތުއްތު ކުދިންނަށް ވިޓަމިން ސީ ބޭނުންވާ ގިނަ ސަބަބުތަކެއްވެ އެވެ. ދިފާއީ ނިޒާރުގެ އިތުރުން ވިޓަމިން ސީއަކީ އެކުދިންގެ މުޅި ހެދިބޮޑުވުމަށް ބޭނުންތެރި މާއްދާ އެކެވެ.
ފުރަތަމަ ކަމަކަށް ބަލާއިރު ކުޑަކުދިނުގެ ދިފާއީ ނިޒާމަކީ ނާޒުކު ނިޒާމެކެވެ. އެހެންކަމުން ގިނައިން އަދި އަވަސް އަވަހަށް ބަލިވުމަކީ ކުޑަކުދިންގެ ފަރާތުން ފެންނަ ކަމެކެވެ. އެހެންކަމުން ދިފާއީ ނިޒާމާއި އެ ނިޒާމްގެ ހިނގުން ރަނގަޅު ކޮށްދޭ އެންމެ މުހިއުމު މާއްދާއަކީ ވިޓަމިންސް ސީ އެވެ.
ބޮޑުވަމުން އަންނައިރު ހަށިގަނޑުގެ މަސްތަކާއި ކަށިތަކުގެ އިތުރުން ހަންގަނޑު ރަނގަޅަށް ހެދިބޮޑުވުމަށް ކޮލޭގަން އަކީ މުހިއްމު މާއްދާ އެކެވެ. ވިޓަމިންސް ސީ ގިނައިން ބޭނުން ކުރުމަކީ ހަށިގަނޑުގައި ކޮލޭގަން އުފެދުން ގިނަ ކޮށްދޭ ކަމެކެވެ.
މީގެ އިތުރުން ވިޓަމިން ސީ ޑީޓޮކްސް މާއްދާއަކަށް ވުމާއެކު ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތަކުން ހަށިގަނޑުގެ ގުނަވަންތަކާއި ނިޒާމްތަކަށް ލިބޭ ގެއްލުން ކުޑަކޮށް ދިނުމުގައި ވަރަށް ބޮޑު ދައުރެއް ވިޓަމިން ސީ އަދާ ކޮށްދެ އެވެ.
މޭވާއާއި ރޯ ތަކުރާރީގެ އިތުރުން ފަތްޕިލާވެއްޔަކީ ވިޓަމިންސް ސީ މުއްސަނދި ކެއުމުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބާވަތްތަކެވެ.
ވިޓަމިން ސީ އަކީ ވަރަށް ފަސޭހައިން ހަށިގަނޑަށް ލިއްބައިދޭ މާއްދާ އަކަށް ވީއިރު ބެލެނިވެރިން އިސްކަން ދޭންވީ ހެދިބޮޑު ވަމުން އަންނަ ކުދިންގެ ކެއިންބުއިމުގައި ވޓަމިންސް ސީ ގިނަ ކުރުމަށެވެ