ސޮނީ ޓީވީން ގެނެސްދޭ ރިއަލިޓީ ޝޯ "އިންޑިއާސް ގޮޓް ޓެލެންޓް" މިސީޒަންގެ ޖަޖަކަށް ބަތަލާ ޝިލްޕާ ޝެޓީ ހަމަޖައްސައިފި އެވެ.

ސުޕާ ޑާންސާގެ ޖަޖުކަން ކުރުމަށްފަހު ޝިލްޕާ މި ޝޯގެ ޖަޖުކަން ކުރާނެކަން މިހާރު ކަށަވަރުވެފައިވާއިރު މިހާރު ވަނީ "އިންޑިއާސް ގޮޓް ޓެލެންޓް"ގެ ޕްރޮމޯއެއް ޝިލްޕާ އާއެކު ދައްކާލާފަ އެވެ.

ސޮނީ ޓީވީން ބުނީ މިޝޯގެ އޮޑިޝަން ވަރަށް އަވަހަށް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

https://www.instagram.com/p/CUFKM4XFEnt/

މިއީ އިންޑިއާގެ އެކިކަން ކޮޅުތަކުން އެކި ކަހަލަ ހުނަރު ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ސޮނީ ޓީވީއިން ކުރިއަށް ގެންދާ ރިއަލިޓީ ޝޯއެކެވެ. އަދި މިޝޯ ދެއްކުމަށް ހަމަޖެހިފައިވާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ދެހާސް ނުވަވަނަ އަހަރު އިންޑިއާސް ގޮޓް ޓެލެންޓުގެ ފުރަތަމަ އެޕިސޯޑެއް އައި އިރު އެ ޝޯ ޖަޖުކަން ކުރީ ކިރަން ޚޭރް، ސޮނާލީ ބެންޑްރޭ އަދި ޝޭކަރު ސުމަން އެވެ.

"އިންޑިއާސް ގޮޓް ޓެލެންޓް"ގެ ޖަޖުކަން ކޮށްފައިވާ ބައެއް މަޝްހޫރު ތަރިންގެ ތެރޭގައި ދަރުމެންދަރު، ސާޖިދު ޚާން، ފަރާ ޚާން، ކަރަން ޖޯހަރު އަދި މަލައިކާ އަރޯރާ ހިމެނެ އެވެ.