ސޯޝަލް މީޑިއާގެ އެހީގައި، ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކު 70 އަހަރު ފަހުން އޭނާގެ އުމުރުން ދުވަސްވެފައިވާ މަންމައާ ބައްދަލު ކޮށްފި އެވެ.

އުމުރުން 82 އަހަރުގެ އަބްދުލް ގުއްދޫސް މުންނިސް އޭނާގެ 100 އަހަރުން މަތިވެފައިވާ މަންމައާ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އޭނާގެ މައިންބަފައިން ހޯދައިދިނުމަށް އެދި ވިޔަފާރިވެރިއަކު ގުއްދޫސްގެ ވީޑިއޯއެއް ފޭސްބުކަށްލުމާ ގުޅިގެންނެވެ.

ގުއްދޫސް ވަނީ މިއީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް ކަމަށް ދަ އެސޯސިއޭޓަޑް ޕްރެސްއަށް ދިން އިންޓަވިއު އެއްގައި ބުނެފަ އެވެ. އޭނާ އަކީ މިހާރު 8 ކުދިންގެ ބައްޕަ އެކެވެ.

އުމުރުން 10 އަހަރުގައި ގުއްދޫސް އޭނާގެ ބޮޑުބޭބެއާއެކު ދިރިއުޅެން ފެށި ފަހުން ގެއިން ނުކުމެގެން ދިޔަ އެވެ. އެހިސާބުން އާއިލާއާ އޮތް ގުޅުން ކެނޑުނީ ކަމަށް ގުއްދޫސް ބުންޏެވެ. އޭނާ ބަލާބޮޑު ކުރީ ދެބެއިން ކަމަށް ގުއްދޫސް ބުންޏެވެ.

އާއްމުކުރި ވީޑިއޯ ދުރުތާ ތިމާގެ މީހަކަށް ފެނިގެން ގުއްދޫސްއަށް އޭނާގެ މަންމަގެ މައުލޫމާތު ދިނެވެ. އެގޮތުން މަންމްއާ ބައްދަލު ކުރުމަށްޓަކައި އޭނާ 350 ކިލޯމީޓަރު ދަތުރު ކޮށް އަމިއްލަ އަވަށަށް އައެވެ.

މަންމައާއި ދަރިފުޅު ދުވަސްތަކަކަށްފަހު ބައްދަލުވި ޖަޒުބާތީ ވަގުތުކޮޅު ބަލަން ތިބި އެންމެންގެ ވެސް ލޮލުން ކަރުނަ ހިލުނު ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.