ކުރީގެ ރައީސް އަބްދުﷲ ޔާމީން މަރާލާނެ ކަމަށް ބުނި މީހާގެ މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ޕީޕީއެމް އިން ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ވަނީ ރައީސް ޔާމީންއަކީ މަރާލަން ޖެހޭ މީހެއް ކަމަށް މީހަކު ބުނުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވީ، އެ ޕާޓީގެ ފަރާތުން، އެ މައްސަލަ އިތުރަށް ތަހުގީގުކޮށް އޭނާއަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް މިއަދުގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ސަލާމަތަށާއި، ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެދި ފުލުހުންނަށް އެދިފައިވާނެ ކަމަށް ތޮލާލު ވިދާޅުވެފައިވެ އެވެ.
ހަމައެހެންމެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޓެރަރިޒަމަށް ހިތްވަރު ލިބޭ ބީދައިން ލިޔެފައިވާ ލިޔުމުގެ މައްސަލަތައް ވެސް ތަހުގީގުކޮށް ބަލައިދިނުމަށާއި، އެކުށަށް އެކަށީގެންވާ، ގާނޫނީ ފިޔަވަޅު އެޅުމަށްވެސް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ރައީސް ޔާމީންއަށް މަރުގެ އިންޒާރު ދިން މީހާގެ މައްޗަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާ ކަމަކަށް ފުލުހުން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.
ރައީސް ޔާމީންއަކީ މަރާލަން ޖެހޭ މީހެއް ކަމަށް ފާޅުކަން ބޮޑު ގޮތެއްގައި އިންޒާރުދީފައިވާއިރު، ދާދިފަހުން ވެސް ރައީސް ނަޝީދަށް ވެސް މަރުގެ އިންޒާރުދިން މީހަކު ފުލުހުން ހައްޔަރުކޮށްފައިވެ އެވެ.
ޝަމްއާނަށް ދައުވާކުރީ ސިޔާސީ ކަމެއްގައި: ޔާމީން
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވައިފި
"ބިގް ބޭންގް ތިއަރީ"ގެ ތަރި ކޭލީ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު!

ތީ މިހާރު މިގައުމުގައި އާއްމުކޮށް ގޮވަމުން ދާ އެއްޗެށް. ރ.ނަޝިދު އަވަހާރަ ކޮއްލަށްވާނަމޭ ބުނީ ގާޒީން ގެ ކުރިފުޅު މަތީގަ. ޓެރަރިސްޓުން މިގައުމުގައި ބައިވަރު.