މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ނިންމެވުމުން އެމަނިކުފާނުގެ އިސްތިއުނާފު މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމާ ހަމައަށް މިހާރެކޭ އެއްގޮތައް އެމަނިކުފާނު ހުންނަވަން ޖެހިވަޑައިގަންނަވާނީ ބަންދުގަ އެވެ.
އިއްޔެ ސުޕްރީމް ކޯޓުގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް އެ ދެ އަމުރާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާއިރު، މިއަދުގެ އަޑުއެހުން ފައްޓަވައި ފުރަތަމަ އިއްވެވީ ކަފާލާތާ ބެހޭ ނިންމުމެވެ. އެ ނިންމެވުމުގައި ވަނީ ކަފާލާތަކީ ކުށެއްގެ ތުހުމަތު ކުރެވޭ މީހުން ދޫކުރުމާ ގުޅޭ އިޖުރާއަތްތަކެއް ކަމަށެވެ.
ފަނޑިޔާރުން އެ މައްސަލަ ނިންމުމުގައި ފާހަގަކުރި މައިގަނޑު ނުކުތާތަކަކީ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަފާލާތުގެ ދަށުން ދޫކުރުމަކީ ހައްގެއް ކަމަށް ގާނޫނަކު ނެތް ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހުން ކަފާލާތުގެ ދަށުން ދޫކުރަނީ އެކަމަށް ގާނޫނުތައް ހަދައިގެން ކަމަށާއި ގާނޫނުއަސާސީގައި ވެސް ކަފާލާތުގެ ވާހަކަ އައިސްފައި ވަނީ ކުށެއްގެ ތުހުމަތު ކުރެވޭ މީހުންނާ ބެހޭގޮތުން ކަމަށެވެ. އަދި ކުށް ސާބިތުވެފައިވާ މީހުން ދޫކުރުމުގައި އާންމު މަސްލަހަތެއް އޮތް ނަމަ ގާނޫނެއް ހެދިދާނެ ކަމަށާއި ގާނޫނެއް ނެތި ކޯޓަށް އަމިއްލައަށް އެގޮތަށް ނުނިންމޭނެ ކަމަށާއި ތަފްސީލީ އުސޫލުތަކެއް ނެތި އިސްތިއުނާފީ މަރުހަލާގައި ހުކުމުގައި ތިބި މީހުން ދޫކުރަން ފަށައިފި ނަމަ އެކި މައްސަލައިގައި އެކި ގޮތްގޮތަށް އަމަލު ކުރަން ފެށިދާނެ ކަމަށް ވެސް ފަނޑިޔާރުން ފާހަގަކުރި އެވެ.
މައްސަލަ ނިމެންދެން ޔާމީންގެ ހުކުމް ތަންފީޒުކުރުން ފަސްކުރެވެން ނެތީ ވެސް ކަފާލާތު ދެވެން ނެތް ސަބަބުތަކުގެ މައްޗަށް ކަމަށް ތިން ފަނޑިޔާރުން ވަނީ އިއްތިފާގުވެވަޑައިގެންފަ އެވެ. ސުޕްރީމް ކޯޓުގައި ޔާމީންގެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒެވެ.
މީގެ އިތުރުން އެ މަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ވެސް ނެރެދެވެން ނެތް ކަމަށް ވެސް ސުޕްރީމް ކޯޓުން ނިންމާފައިވެ އެވެ.
އެ ދެ އަމުރު ނުދިނަސް ޔާމީނަށް ކުރި ހުކުމުގައި އޮތް ޖޫރިމަނާ ފައިސާ ދެއްކުން ފަސް ކުރުމުގެ އަމުރެއް މިއަދު ވަނީ ނެރެފަ އެވެ. ޖޫރިމަނާގެ ފަސް މިލިއަން ޑޮލަރު ނުދައްކައިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި ތާވަލުކޮށްފައިވީ ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ވަނީ އެ ފައިސާ ނެގުމަށް ކުރާ ހުރިހާ ކަމެއް ސުޕްރީމް ކޯޓުގެ ނިންމުމެއް އަންނަންދެން ފަސްކުރުމަށް އަމުރުކޮށްފަ އެވެ.
ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ
ދެން ސުޕުރިމް ކޯޓްގެ މަރުހަލާ ނިމުނީތަ
ޔާމީން ދުލެއް ނުކުރި، ހުކުމް ތަންފީޒު ފަހެއް ވެސް ނުކުރި ކަމަށްވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ސަބަބަކީ މިއިން އެގިގެންދަނީ 2018 ގެ ރިޔާސީ އިންތިޚާބުގައި ވާރޭވެހޭ ގޮތަށް ކަފާލާތުގެ ދަށުން އެއިރު ޖިނާއީ ހުކުމް ތައް ކޮށްފައިވާ ސިޔާސީ ލީޑަރުން ދޫކޮށްލީ އެއްވެސް ގާނޫނަކަށް ބެލުމެއް ނެތި ކަން ދަނީ ސާބިތު ވަމުންނޭ މިހާރު އޮތް ސްޕްރީމް ކޯޓުގެ ބެންޗުން ނިންމި ހުކުމަށް މަމެން ތާއީދު ކުރަމޭ ގާނޫނުގައި ނެތް އެއްޗަކަށް ސްޕްރީމް ކޯޓުން ހުކުމެއް ނުކުރާނެއޭ ކުރީގެ ސްޕްރީމް ކޯޓުގެ އުއްތަމައޭ އެއީ ކޮރަޕްޓް
ޢިރާދަފުޅުން ތިހުރީ ނުބައިވެރިޔަކާ ނުބައި ފަނޑިޔާރުންތަކެން. الله އީއޯގާވަންތަ ރަސްކަލާންގެ މިކަމުގާ ފޮރުވިފާވާ ކޮމްމެވެސް ހެވެއް ވާނެކަން ކަށަވަރު انشاالله