މިއަދު ޓެސްޓް ކުރި 3،761 ސާޕަލްގެ ތެރެއިން ކޮވިޑަށް 80 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިރުއޮއްސި 6:00 އާ ހަމައަށް 24 ގަޑިއިރުގެ ތެރޭގައި 3،761 ސާޕްލް ޓެސްޓް ކޮށްފައިވާއިރު އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 80 މީހުންނެވެ. އެއީ ގްރޭޓާ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 20 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 55 މީހަކު އިތުރުން ރިސޯޓްތަކުން ފަސް މީހުންނެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 85،278 މީހުންނަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،333 މީހުންނެވެ. މިހާތަނަށް 83،700 މީހުން ވަނީ ކޮވިޑުން ރަގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 17 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިބަލީގައި މިހާތަނަށް 232 މީހުން ރާއްޖޭގައި ވަނީ މަރުވެފަ އެވެ.