އަލަށް އާބާދުވާން ފަށާފައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި މުސްތަގުބަލެއްގައި ސުޕަ މާރުކޭޓް ހުޅުވޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕޮރޭޝަން(އެޗްޑީސީ) ބުނެފި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި މަހުގެ ތެރެއިން ސުޕަ މާރުކޭޓްއެއް ހުޅުވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަލަށް ގިނަ ބަޔަކު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަދަލުވާން ފަށާފައިވާއިރު، އެހިސާބުގައި ފިހާރައެއް ނެތުމުން އެސަރަހައްދުގައި ދިރިއުޅޭ ގިނަ މީހުން ދަނީ އުނދަގޫތަކަކާ ކުރިމަތިލަމުންނެވެ. އެގޮތުން ބޭނުންވާ ގިނަ އެއްޗެހި ގަތުމަށް ފޭސް އެކަަށް ދާން ޖެހުމަކީ ވެސް ބައެއް މީހުންނަށް ވަރަށް ބޮޑު އުނދަގުލެކެވެ.
މިކަމަށް ހައްލެއް ގެނެވޭނެކަން ހާމަކުރައްވަމުން އެޗްޑީސީން ބުނީ ކޮމާޝަލްކޮށް ނުވަތަ ވިޔަފާރިއަށް ތަންތަން ދޫކުރުން ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ވިޔަފާރި ފެށުމަށް އެކި ވިޔަފާރިވެރިންނާއެކު ވެވުނު އެއްބަސްވުންތަކުގައި ސޮއިކުރި ގިނަ ފަރާތްތަކުން މިމަހުގެ ނިޔަލަށް ވިޔަފާރި ފަށަން ބޭނުންވާކަން އެޗްޑީސީން ފާހަގަކުރެ އެވެ.
އޭގެ އިތުރުން ވެސް ދެވަނަ ފިޔަވަހީގައި ކެފޭ ރެސްޓޯރެންޓު އަދި ސެލޫން ފަދަ ތަންތަން ގާއިމުކުރުމަށް ޕްލޭންގައި ހިމެނޭ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
އަދި މާ އަވަސް. މަޑުކޮށްލާ 3 މަސް ފަހުން. ކުލި ދައްކަންފެށީމާ ތި ކަމާ ވިސްނަން އިހަށް ބާއްވާ. ގަމާރު ވާނީ މިހާކަށްހާ ވަރެއް. ތިމާ އަމިއްލަ ނަފްސަށް 24 ގަޑިއިރު ތެރޭގައި ބޭނުންވާ ޚިދްމަތްތަކަށް ވިސްނާލިޔަސް 35000 މީހުން ތަނަކަށް އަޅާލާއިރު ބޭނުންވާނެ ކަންތައްތައް ހިތަށް ގެނެވޭނެ. ދެން މިވަރު ނުވާމީހުން ރައްޔިތުންގެ ކުންފުނިތަކުގެ ބޮޑުންނަށްލީމާ ވާނެ ހައެތި މިވަނީ. ހަމަ ދޮންމީހަކު ލާންވީ. އޭރުން ހިގައިގަންނާނެ. ދެންބުނާނެ ދިވެހިން ނެތީހޭ. ނެތޭ. ނެތޭ. ބަލާލި ކޮންމެ ދިމާލަކުން މިހާލަތު.