ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން އެކްޓަރު ސިދާންތު ޗަތުރްވެޑީގެ "ޔުދްރާ"ގެ ޕޯޒްގަލްގައި ނަގަންޖެހޭ މަންޒަރުތައް ނަގާ ނިންމާލައިފި އެވެ.

ރަންވީރު ސިންގްގެ "ގަލީ ބޯއީ"އިން ބޮލީވުޑަށް ތައާރަފުވި ސިދާންތު މިހާރު ކުޅެމުން އަންނަ "ޔުދްރާ" އަކީ ފަރްހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

މި ފިލްމުގެ ޝޫޓީންތައް ބާރަށް ކުރިއަށްދާއިރު މިހާރު ޕޯޒްގަލްގައި ނަގާ ހުރިހާ މަންޒަރެއްގެ ޝޫޓިން ވަނީ ނިމިފަ އެވެ. ސިދާންތުއާއެކު މި ފިލްމުގެ ލީޑު ރޯލުން ދެން ފެނިގެންދާނީ އާންމުކޮށް މަލަޔާލަމް އާއި ތަމަޅަ ފިލްމުތައް ކުޅޭ މަލަވިކާ މޮހަނަން އާއި ރާގަވް ޖުޔަލް އެވެ.

https://www.instagram.com/p/CTttPayLEF2/

"ޔުދްރާ" އަކީ ރަވީ އުދައިވަރް ޑައިރެކްޓްކުރާ ރޮމޭންޓިން އެކްޝަން ފިލްމެކެވެ. މިފިލްމު ރިލީޒްކުރަން ވަކި ތާރީހެއް އަދި އިއުލާނު ކޮށްފައިނުވާއިރު އަންނަ އަހަރު މިފިލްމު ބެލުންތެރިންނަށް ފެންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޔުދްރާ" ގެ އިތުރުން ސިދާންތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިމިފައި އޮތް "ބަންޓީ އޯރް ބަބްލީ 2" އާއި ދީޕިކާ ޕަޑުކޯނާއެކު ކުޅުނު ޝަކުން ބަޓްރާގެ ނަން ހާމަނުކުރާ ފިލްމަކާއި ކެޓްރީނާ ކައިފްއާއި އިޝާންއާއެކު ކުޅޭ ”ފޯން ބޫތު“ގެ އިތުރުން އަނަންޔާ ޕާންޑޭއާއި އަދަރްޝް ގޯރަވްއާއެކު ކުޅޭ "ކޯ ގަޔޭ ހަމް ކަހާނ" ހިމެނެ އެވެ.