ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އޭގެ ނޭދެވޭ އަސަރު ކުރުވާ އެއްޗެކެވެ. މިއީ އިންތިހާއަށް ދެވި ހިފާ، އަދި ފަސޭހައިން ހުއްޓާލެވޭ ކަމެއް ނޫނެވެ.

މޭވާއާއި ތަރުކާރީއަކީ ދުންފްތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން މަސައްކަތް ކުރާ މީހަކަށް ރަނގަޅު ބާވަތްތަކެކެވެ. އެގޮތުން މި ނުބައި އާދައާ ދުރަށް ދާން ބޭނުންވާ މީހުން ކާން ރަނގަޅު ބާވަތްތަކެއް މި ލިޔުމުގައި ހިމަނާލާނަމެވެ.

އޮރެންޖު

އޮރެންޖަކީ ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ މޭވާއެކެވެ. މީގެ ސަބަބުން ސިނގިރޭޓުގެ ދުމުން ހަށިގަނޑަށް އެތެރެވާ ޓޮކްސިކް މާއްދާތައް ނައްތާލާ، މެޓަބޮލިޒަމް އިތުރުކޮށްދީ ލޭގައި ހުންނަ ނިކޮޓިން ބޭރުކޮށްދިނުމަށް އެހީވެ އެވެ.

ކިވީ

ސިނގިރޭޓް ބުއިމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިޓަމިން އޭ، ސީ އަދި އީ ދަށްވެ އެވެ. އެހެން ކަމުން ކިވީ ފަދަ މި މައްދާތައް ގިނަ މޭވަތައް ކެއުމުން ހަށިގަނޑުގެ ނިއުޓްރިޝަނަލް ލެވެލް ބެލެންސް ކޮށްދޭނެ އެވެ.

ސްޕިނެޗް

ދިރާސާތަކުން ދައްކާ ގޮތުގައި ސިނގިރޭޓް ނުބޯ މީހުންނަށް ވުރެ ސިނގިރޭޓް ބޯމީހުންގެ ހަށިގަނޑުގައި ފޮލިކް އެސިޑް ހުންނަ މިންވަރު މަދެވެ. މި އެސިޑަކީ ނާރުތަކާއި މަސް އަދި ސިކުނޑީގެ ދުޅަހެޔޮކަމަށް ވެސް މުހިންމު އެއްޗެކެވެ. ނަސީބަކުން ސްޕިނެޗް އަކީ މި އެސިޑް ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ. މީގެ އިތުރުން ސްޕިނެޗް އަކީ ދުންފަތުގެ ރަހަ ވެސް ނުބައިކޮށްލާ އެއްޗެކެވެ.

ކެރެޓު

ދުވާލަކު ކެރެޓު ތައްޓެއް ބޯނަމަ ހަށިގަނޑަށް އޭ، ބީ، ސީ އަދި ކޭ ލިބި، ހަށިގަނޑުގައި ހުންނަ ނިކޮޓިން ބޭރުކޮށްދިނުމަށް އެހީވާނެ އެވެ.