ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކުއްލި ގޮތަކަށް މަރުވި ކުޑަ ކުއްޖާގެ މައްސަލައާ ގުޅުންހުރި އެންމެންގެ ބަޔާން ހެލްތު މިނިސްޓްރީން ނަގައިފި އެވެ.
ފުވައްމުލަކު ފުނާޑު، ނޫރީ ފެހި، އުމުރުން ހަ އަހަރުގެ ސަދާ ސައުދުﷲ މަރުވީ މިދިޔަ އާދިއްތަ ދުވަހު، ހޮޑުލައި، ބަޑުގައި ރިއްސުމާއި ގުޅިގެން ހޮސްޕިޓަލަށް ކުޑަކުއްޖާ ގެންގޮސް، ނަރުހުންނާއި ޑޮކްޓަރުން ފަރުވާ ދެމުންދަނިކޮށެވެ.
ނަމަވެސް ސަދާ މަރުވީ އެ ހޮސްޕިޓަލުން އޭނާ ގަޔަށް ޖެހި އިންޖެކްޝަނަކާ ގުޅިގެން ކަމަށް އާއިލާއިން ބުނެ އެވެ. އަދި އެ އިންޖެކްޝަން ޖެހުމަށްފަހު އެ ކުއްޖާގެ ހާލަތު އިތުރަށް ގޯސްވާން ފެށި ކަމާއި، ހަރަކާތް އެއްކޮށް ހުއްޓުނު ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. އަދި ސަދާ މަރުވުމުން އެކަން ހޮސްޕިޓަލުން ފޮރުވަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް އާއިލާއިން ތުހުމަތު ކުރެ އެވެ.
މިތުހުމަތުތަކާ ގުޅިގެން ހެލްތު މިނިސްޓްރީން ވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެ ރަށަށް ގޮސް، ހޮސްޕިޓަލުގެ މުވައްޒަފުންނާއި، ކުޑަކުއްޖާގެ އާއިލާގެ މީހުންގެ ބަޔާން ނަގާފަ އެވެ.
މި މައްސަލައާ ގުޅިގެން ހެލްތް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށާއި، މި މައްސަލަ އާ ގުޅިގެން އެއްވެސް މީހެއްގެ އިހުމާލެއް ވާނަމަ، އެ މީހަކަށް އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ވާނުވާ ނޭގޭ ސަރުކާރަކުން ފެންނާނެ ހުރިހާ އަލާމާތް ތައް މިސަރުކާރުން ދަނީ ފެންނަމުންނޭ ގަލޮޅު ދަނޑަށް ޓިކެޓް ނަގަން ކިއޫ ގައި ޖެހޭނެ ގޮތޭ މިސަރުކާރަށް އެނގުނީ ކިއޫ ގައި ނުޖެހި ޑިޖިޓަލް ކޮށް ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖައްސަން ސަރުކާރަށް ނޭގުނޭ އެކަމަކު ތިމާވެށި މިނިސްޓަރޭ ރައީސް އޮފީސް ތެރެއަށް ހުރިހާ މިނިސްޓަރުން ވައްދައިގެން ނޫސްވެރިން އެއްކޮށްގެން ބުނީ މިސަރުކާރުގެ ހުރިހާ ކަމެއް ހުރީ ވަރަށް ލާރޖް ކޮށް ޑިޖިޓަލައިޒްޑް ވެފައޭ ފާޚާނާ ކުރުން ވެސް ހުންނާނީ ޑިޖިޓަލައިޒްޑް ކޮށްފައޭ އެކަމަކު
އެކަށީގެންވާ ފިޔަވަޅު ނިންމަނީ ކޮން މިންގަނޑަކުން ކާކު؟ މީ ލިޔެ ކަޅާ ހުދުން ރައްޔިތުންނަށާ މުވައްޒަފުނަނަށް ފެންނަން ހުންނަންޖެހޭ މުހިންމު ކަންތައްތަކެއް. މަރުވީމަކާ ނުން އަޅަންވީ ފިޔަވަޅު ނިންމަންވީކީ.