ބަށްޓަކީ އާންމުކޮށް ރާއްޖޭގައި ވަރަށް ގިނައިން ހައްދާ ބާވަތުގެ ތަރުކާރީއެކެވެ. ބަށި ރިހައިން ފެށިގެން ގޮސް ހިކިކޮށް ހަދާފައި ހުންނަ ބަށްޓަށް ދާންދެން އެއީ ދިވެހިންގެ ކެއުންތަކުގައި ވަރަށް މަގުބޫލު އެއްޗެކެވެ.
ބައްޓަކީ އޭގައި ގިނަ އަދަދަކަށް ސިއްހީ ފައިދާތައްވެސް އެކުލެވޭ އެއްޗެކެވެ. އެގޮތުން އިންފެކްޝަނާއި ފާރުވެފައި ހުންނަ ތަންތަނަށް ވެސް ރަނގަޅު އެއްޗެއް ކަމަށް ބެލެވެ އެވެ.
ހަޖަމްކުރުން ރަނގަޅު ކޮށްދޭ
ބަށްޓަކީ ފެނުގެ އިތުރުން ފައިބާ ވެސް ހިމެނޭ އެއްޗެކެވެ. އެހެން ކަމުން ބަނޑުހަރުވުމުން ދުރުކޮށް ހަޖަމުގެ ނިޒާމުގެ ސިއްހީ ދުޅަހެޔޮކަން ލިއްބައިދެ އެވެ.
ހިތުގެ ބަލިތަކަށް ރަނގަޅު ފަރުވާއެއް
ބަށީގައި ހުންނަ މާއްދާއެއް ކަމަށްވާ އެންތޯޗަޔާނިންސް އަކީ ހަށިގަނޑުގައި ހުންނަ ނުބައި ސަރުބީތައް ދުއްވާލައި، ހެޔޮ ސަރުބީ ބެހެއްޓުމަށް ކާން ރަނގަޅު އެއްޗެކެވެ.
ބަރުދަން ލުއިކުރުމަށް އެހީވެދޭ
ބައްޓަކީ ކާބޯހައިޑްރޭޓާއި ކެލޮރީ މަދުން ހުންނަ ތަރުކާރީއެކެވެ. އެހެން ކަމުން ބަށި ވެފައިވަނީ ބަރުދަން ލުއިކުރުމަށް މަސައްކަތްކުރާ މީހުންނަށް ވެސް ވަރަށް ކަމުދާ އެއްޗެކެވެ. މީގެ އިތުރުން ބައްޓަކީ ހަށިގަނޑުގެ ހިމޮގްލޯބިން ލެވެލް ވެސް ރަނގަޅުކޮށްދޭ އެއްޗެކެވެ.