އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ތައްޔާރުކުރަމުން އަންނަ އެންތޮލޮޖީ ސީރީޒް "މަޒުލޫމް"ގެ ތިން ވަނަ ބައި "މިންޖު"ގެ ޓީޒާ ރިލީޒްކޮށްފި އެވެ.

އައި ފިލްމްސްއިން ބުނީ އެންތޮލޮޖީ ސީރީޒް "މިންޖު"ގެ ޓީޒާ އާންމުންނަށް ދޫކޮށްލާފައިވާއިރު، މިބައިގައި ދައްކުވައިދެނީ ގެވެށި އަނިޔާ ލިބެމުންދާ އަންހެނެއް ވާހަކައެކެވެ.

މިޗެޕްޓަރުގައި ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެވޭ މަޝްހޫރު އެކްޓަރު ރަވީ ފާރޫގް އެވެ. އަދި ރަވީއާއެކު ދެން ފެނިގެންދާނީ އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ ތާތި އާދަމް އާއި ޗައިލްޑް އާޓިސްޓް ޒުވެއިލް އަލީ ތޯރިގް އެވެ.

މިޗެޕްޓާ ވެސް ޑައިރެކްޓް ކޮށްފައިވަނީ މީގެ ކުރީގެ ދެ ބައި ވެސް ޑައިރެކްޓް ކޮށްފައިވާ އިލްޔާސް ވަހީދު (އިއްލެ) އެވެ.

https://www.youtube.com/watch?v=H6CbSn-Aqcs&t=17s

"މިންޖު"ގެ ޝޫޓިން ނިމިފައިވާއިރު މިފަހަރު ވެސް މިބައި ދެއްކުމަށް ހަމަޖެހިފައި ވަނީ ބައިސްކޯފް އެޕުންނެވެ.

ހަތަރު ބަޔަކަށް ބަހާލައިގެން ދައްކާ "މަޒްލޫމް"އަކީ ކަޒްމިކް އިންޓަނޭޝަނަލްއާއި އައިފިލްމްސް ގުޅިގެން، މުޖުތަމައުގައި ހުންނަ އެކިއެކި ހާދިސާ ނުވަތަ މައްސަލަތަކަށް ބިނާކޮށް ހަދާފައިވާ ކުރު ފިލްމެކެވެ.

މަޒްލޫމްގެ ފުރަތަމަ ބައިން ދައްކުވައިދިނީ ރޭޕް ކޭސްއެއްގެ ވާހަކައެވެ. ދެވަނަ ބައި ކަމުގައިވާ "ޒައްރޫކް" އިން ދައްކުވައި ދީފައިވަނީ މައިންބަފައިންގެ ފަރާތުން އަޅައިލުން ލިބެންވާ ވަރަށް ނުލިބުނު ކުޑަ ކުއްޖަކަށް ދިމާވާ ނަފްސާނީ މައްސަލަތަކެއްގެ ވާހަކަ އެވެ. މި ދެ ބަޔަށް ވެސް ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބިފައިވެ އެވެ.