ކޮވިޑް-19 އާ ދެކޮޅަށް އުފައްދާ ވެކްސިނެއް ކަމަށްވާ އެސްޓްރަޒެނެކާގެ ޝިޕްމަންޓެއް ރާއްޖެ އިން ނޭޕާލަށް ވެސް ފޮނުވައިފި އެވެ.
ރާއްޖެއިން މިދިޔަ މަހުގެ ކުރީކޮޅު ވަނީ އެސްޓްރާޒެނެކާ ކޮވިޑް ވެކްސިންގެ 200،000 ޑޯޒު ބަންގްލަދޭޝްއަށް ވެސް ހަދިޔާކޮށްފަ އެވެ.
ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއިން ނޭޕާލަށް ރޭ ވަނީ 201،600 ޑޯޒްގެ ވެކްސިން ފޮނުވައިފަ އެވެ.
ނޭޕާލްގެ ނޫހެއްގައި ޗައިލްޑް ހެލްތު އެންޑް އިމިއުނައިޒޭޝަން ސެކްޝަން، ފެމިލީ ވެލްފެއާ ޑިވިޝަން، ޑިޕާޓްމަންޓް އޮފް ހެލްތު ސާވިސަސް އާ ހަވާލާދީ ބުނެފައި ވަނީ ވެކްސިންތައް ރައްކާކޮށްފައި ވަނީ ޓެކޫ ކިޔާ ތަނެއްގައި ކަމަށެވެ.
ނޭޕާލުގައި މިހާތަނަށް 8.668،592 މިލިއަން މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާއިރު، 7.189،689 މިލިއަން މީހުންނަށް ދެ ޑޯޒްގެ ވެކްސިން ދީފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
ރާއްޖެއިން މީގެ ކުރިން ވެސް ވަނީ ކޮވިޑް ވެކްސިންގެ 200،000 ޑޯޒު ބަންގްލަދޭޝްއަށް ވެސް ހަދިޔާކޮށްފަ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މިހާރު ވަނީ ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފަ އެވެ. އެގޮތުން 357،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި ހައި ރިސްކް މީހުންނަށް މިހާރު އަންނަނީ ފައިޒާ ވެކްސިން ބޫސްޓާ ޑޯޒްގެ ގޮތުގައި ވެސް ޖަހައިދެމުންނެވެ.