ރާއްޖޭގެ ދެ ފިލްމެއް އިންޑިއާގައި ކުރިއަށްދާ ކަރްނާޓާކާ ފިލްމު ފެސްޓިވަލްގައި ދައްކައިފި އެވެ.

މި މަހުގެ 19 އިން 21 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ފެސްޓިވަލްގައި ދެއްކި ދިވެހި ދެ ފިލްމަކީ "ބަވަތި" އާއި "ހައްދު" އެވެ.

ކުރީގެ މަޝްހޫރު ޕްރޮޑިއުސަރ/ޑައިރެކްޓަރ އަބްދުލް ފައްތާހު ޑައިރެކްޓްކޮށް 2018 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ހައްދު" އަދި އިލިޔާސް ވަހީދު ޑައިރެކްޓްކޮށް 2019 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމް "ބަވަތި"އެވެ.

މި ދެ ފިލްމަކީވެސް ބެލުންތެރިންގެ މެދުގައި ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ދެ ފިލްމެކެވެ.

https://www.youtube.com/watch?v=QulmXLABVsM

އެ ފެސްޓިވަލްގައި ބައިވެރިވި ޕްރޮޑިއުސަރު/ޑައިރެކްޓަރު އިލްޔާސް ވަހީދު ބުނީ، ފެސްޓިވަލްގައި ދެއްކި ދެ ފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި އެ ދެ ފިލްމަކީ މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސްގެ ފަރާތުން މީގެ ކުރިން އެ ފެސްޓިވަލްގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ބައިވެރިކޮށްފައިވާ ދެ ފިލްމު ކަމަށެވެ.

https://www.youtube.com/watch?v=knUQW1PsN_Q

ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް ހުޅުވުމަށް ބޭއްވި ހަފުލާގައި ރާއްޖެއާއި އިންޑިއާގެ ބައެއް ސަޤާފީ އަދި މުނިފޫހިފިލުވުމުގެ ބައެއް ހުށަހެޅުންތަކެއްވެސް ފެނިގެން ގޮސްފަ އެވެ.