އަހަރެމެން ގިނަ ފަހަރަށް ކަސްރަތު ކުރަނީ މީހުން ފަލައޭ ކިޔާތީ އެކަމުން ސަލާމަތް ވާންވެގެން ނެވެ. ހިކުން ހިތުގައި ލައިގެން ބަރުދަން ލުއިކުރުމުގެ ބޭނުމުގަ އެވެ. ނަމަވެސް ކަސްރަތު ކުރަންޖެހެނީ ހަމައެކަނި ހިކޭކަށް ނޫނެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކަސްރަތުގެ މުހިއްމުކަން ވަރަށް ބޮޑެވެ.
ހަށިގަނޑުގެ ވައިޓަލްސް ރަނގަޅު ކޮށްދޭ
ކަސްރަތު ކުރުމަކީ ހަށިގަނޑުގެ ވައިޓަލްސް ރަނގަޅުކޮށްދޭ ކަމެކެވެ. އެގޮތުން ލޭގެ ޕްރެޝަރާއި ލޭގައި ހުންނަ ހަކުރުގެ މިންވަރާއި ހިތުގެ ހިނގުމުގެ އިތުރުން ކޮލެސްޓްރޯލް ވެސް އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެދޭ ކަމެކެވެ. އާއްމު ދިރިއުޅުމުގައި ކަސްރަތު ކުރުން އާދަ ކުރުމަށް ޑޮކްޓަރުން ލަފާދެނީ އެހެންވެގެންނެވެ.
ސްޓްރެސް ކުޑަކޮށްދޭ
ދިރާސާތަކުން ދައްކާގޮތުގައި ގަވާއިދުން ކަސްރަތު ކުރާމީހުން ސްޓްރެސް އާއި އެހެނިހެން ނަފްސާނީ މައްސަލަތަކާ ކުރިމަތިވާ މިންވަރު ވަރަށް މަދެވެ. ކަސްރަތު ކުރުމުން ހަށިގަނޑަށް އަރާމު ލިބި ނިދި ރަނގަޅުވެ، ނަފްސާނީ ދުޅަހެޔޮކަން ވެސް އިތުރަށް ރަނގަޅު ވެއެވެ.
ހަރަކާތްތެރިވެ އުޅުމަށް ފަސޭހަކޮށްދޭ
ހުޅުތަކާއި ބުރަކަށީގައި ރިއްސުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ދިމާވާ މައްސަލަ އެކެވެ. އެކަމުގެ ސަބަބުން އާއްމު ދިރިއުޅުމުގެ ކަންކަމަށް ބުރޫ އަރާ ކަމެކެވެ. ނަމަވެސް ކަސްރަތު ކުރުމަކީ މިފަދަ ތަދުތަކުން ދުރުކޮށްދީ މީހާ ހަރަކާތްތެރިވެ އުޅުމަށް ފަސޭހަކޮށްދޭ ކަމެކެވެ.
އީރާނުގައި ހިނގި މުޒާހަރާތައް ތަހުގީގު ކުރަން ކޮމިޝަނެއް
ހެދުން އަލަމާރި ފަޅު ފިލުވާލަން "ކެޕްސޫލް ވޯޑްރޯބް"!
މާދަމާރޭ ބާއްވަނީ 2024ގެ ސްޕޯޓްސް އެވޯޑް: ކުޅިވަރު މިނިސްޓްރީ