މޫނުގެ ހަންގަނޑު ރީތިކޮށް ހުރުމަކީ ކޮންމެ މީހަކު ވެސް އެންމެ ބޭނުންވާނެ އެއް ކަންތަކެވެ. އެހެންގެ މޫނުމަތީގެ އުޖާލާކަމާއި އޮމާންކަމަށް ވަރަށް ގިނަ މީހުން އެކި އެއްޗެހި ބޭނުންކުރެ އެވެ.

ބާޒާރުގައި ވިއްކަން ހުންނަ ތައްޔާރީ ތަކެތީގެ ބަދަލުގައި ތާޒާ އެއްޗެހި ބޭނުންކޮށްލައިގެން އަމިއްލަށް ތައްޔާރުކޮށްލެވޭ އެއްޗަކުން ވެސް މޫނުގެ ހަންގަނޑު ރީތިކޮށްލެވިދާނެ އެވެ. ހާއްސަކޮށް ތެޔޮ ހަންނޑު ހުންނަ މީހުންނަށް މިއީ ހާއްސަ މާސްކެކެވެ. މި މާސްކަށް މާ ގިނަ އެއްޗެއް ވެސް ބޭނުމެއް ނުވެ އެވެ. ތައްޔާރުކޮށްލަން ވެސް ފަސޭހަ އެވެ.

ބޭނުންވާ ތަކެތި

  • 2 ސައިސަމުސާ އޯޓް
  • 1 ޓޮމާޓޯ

ތައްޔާރުކުރާނެ ގޮތް

ޓޮމާޓޯ ފަޅިކޮށްލާފައި ބްލެންޑަރަކުން ގިރާލާށެވެ. ދެން ޖޯޑަކަށް ނުވަތަ ބޯތައްޓަކަށް އަޅާލުމަށް ފަހު އޭގެ ތެރެއަށް އޯޓްސްކޮޅު އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެ ހިސާބުން އެހެރީ މާސްކް ތައްޔާރުވެފަ އެވެ. ދެން މޫނު އެއްކޮށް ފޮރުވޭ ގޮތަށް އުނގުޅާލާށެވެ. އެއަށްފަހު 15 މިނިޓް ފަހުން ދޮވެލާށެވެ.

މޫނުގައި ހުންނަ ޑްރައިލް ސެލްތައް ވެސް މި މާސްކްގެ ސަބަބުން ނައްތާލެވި މޫނުގެ ތެޔޮކަން ކަނޑުވައިދޭނެ އެވެ. ރަނގަޅީ ހަފުތާއަކު އެއް ފަހަރު މި މާސްކް ބޭނުންކުރުމެވެ. މީގެ ސަބަބުން، މޫނުގެ ހަންގަނޑުގައި ކަޅުވެފައި ހުންނަ ތަންތަން ވެސް އަލިކޮށްދީ، މޫނަށް ތާޒާކަމާއި އުޖާލާކަން ގެނެސްދޭނެ އެވެ.

ޓޮމާޓޯ އަކީ ވިޓަމިން ސީން މުއްސަނދި މޭވާއަކަށްވާތީ މިއީ ހަންގަނޑަށް އެތައް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން ޓޮމާޓޯ ބޭނުންކުރުމަކީ އުމުރުން ދުވަސްވުމުގެ އަލާމާތްތައް ވެސް ހަންގަނޑުން ކުޑަކޮށްދޭ އެއްޗެކެވެ. އޯޓްސްއަކީ އޭގެ ޒާތުގައި ވެސް ހަމުގައި އުފެދޭ ބޭކާރު ތެޔޮކަން ކަނޑުވައިލަދިނުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ.