ރާއްޖޭގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ އާ ކަވާ ލަވަ ކަމަށްވާ "އޯ ނަދާ" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން އެކަކުން ވިދާލި ޝަލަބީ އަޑުން ކިޔާފައިވާ "އޯ ނަދާ" ނެރުނުތާ ތިން ދުވަސްތެރޭގައި ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެ ލަވަ ސައުންޑް ކުލައުޑް އެތައް ހާސް ބަޔަކު މިހާރު ވަނީ އަޑު އަހަމުންނެވެ.

މިލަވައަށް ލިބެމުން އަންނަ ތަރުހީބު ބޮޑު ކަމުން އެލަވައިގެ ވީޑިއޯ ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޝަލަބީ ބުނެފަ އެވެ.

ތްރީއޭ ސްޓޯރުން ޕްރޮޑިއުސްކޮށް، ޝަލަބީގެ އަޑުން މި ނެރުނު ލަވައިގެ މިއުޒިކް ހަދައިފައިވަނީ އަބްދުﷲ ޒިފާން ޒާހިދު (ޒިފީ)އެވެ.

ޝަލަބީ އަކީ އަބަދުވެސް ރީތި ލަވަތައް ގެނެސްދެމުން އަންނަ ހުނަރުވެރިއެކެވެ. މިހާތަނަށް ގިނަ ކަވާ ތަކެއް ނެރެފައިވާ އިރު ޝަލަބީގެ އަޑުން ކިޔާ ނެރޭ މަދަހަ ވެސް މަދެއް ނޫނެވެ.