ހިމަބިހި ޖެހިގެން ފަރުވާދެމުންދިޔަ ޒުވާނަކު ނިޔާވެއްޖެހިމަބިހި ޖެހިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ޒުވާނަކު މަރުވެއްޖެ އެވެ.
ހިމަބިހި ޖެހިގެން މަރުވެފައި ވަނީ ގދ. ފިޔޯރީ، ޑްރީމީލައިޓް، އިބްރާހީމް ދިޔާޝް ރަޝީދެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 24 އަހަރުގެ މި ޒުވާނާ ހިމަބިއްސަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އަދި އޭނާ މަރުވެފައި ވަނީ ބަލިބޮޑުވެ، ހުޅުމާލެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ.
ރާއްޖޭގައި ހިމަބިހި ފެތުރޭ މިންވަރު މިހާރު ވަނީ އާންމުވެފަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 121 އަށް އަރާފަ އެވެ. މިއާއެކު، ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސިއްހީ އިދާރާތަކުން ވަނީ ހަރުދަނާކޮށްފަ އެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އާންމުންނަށް އަންގާފަ އެވެ. މިގޮތުން، ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ފަރުވާ ހޯދަން ދާއިރު މާސްކް އެޅުމަށާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް ވަނީ އަންގާފަ އެވެ. މީގެ އިތުރުން، ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އެ އިދާރާއިން ވަނީ އިރުޝާދު ދީފަ އެވެ.
މިއަހަރު ސަލްމާންގެ އެއްވެސް ފިލްމެއް ނުފެނިދާނެ!
އޭސީއާ ނުލާ ގޭތެރޭގެ ފިނި ހޫނުމިން ދަށް ކުރެވިދާނެ ދެތިން ގޮތެއް!
