ހޮންގްކޮންގް (15 ޑިސެމްބަރު) - ހޮންގްކޮންގްގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި އަލިފާން ރޯވެ 300 އަށްވުރެ ގިނަ މީހުން އެ އިމާރާތުގެ އެތެރޭގައި ތާށިވެއްޖެ އެވެ.
އާރްޑީއެޗްކޭ ޓީވީއިން ބުނި ގޮތުގައި ހޮންގްކޮންގެ އެންމެ ކާރުބާރޫ ބޮޑު ސަރަހައްދު ކަމަށްވާ ކޯޒްވޭ ބޭ ގައި އަލިފާން ރޯވެފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
ސަލާމަތީ ބާރުތަކުން މި ހާދިސާގެ އެލާޓް ލެވަލް ތިނަކަށް މަތިކޮށްފައިވާއިރު އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ދެ ވޯޓާ ޖެޓް ބޭނުންކޮށްފައިވެ އެވެ.
މިހާތަނަށް މި ހާދިސާގައި އެކަކަށް އަނިޔާވިކަމުގެ ރިޕޯޯޓު ލިބިފައިވާއިރު އިމާރާތުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވެސް ރެސްކިއު ޓީމުން އަންނަނީ ކުރަމުންނެވެ.
ފުލުހުން ބުނީ ފުރަތަމަ ބެލި ބެލުންތަކުން ހާމަވާ ގޮތުގައި އަލިފާން ރޯވީ އެ އިމާރާތުގެ 39 ވަނަ ފަންގިފިލާގައި ހުންނަ ރެސްޓޯރެންޓެއްގެ ބަދިގޭގަ އެވެ.
މި ހާދިސާގެ އިތުރު ތަހުގީގުތައް ފުލުހުން އަންނަނީ ކުރަމުންނެވެ. -- އަލް އަަރަބިއްޔާ
ފުންނާބު ފަޅައިގެން ދިއުމަށް ދެވިދާނެ ގެވެށި ފަރުވާތަކެއް!
ގައުމީ ސަލާމަތަށް ނުރައްކާކުރި 466 މީހުން އީރާނުން ހައްޔަރުކޮށްފި
ގަލްފާއި ހޮރްމޫޒް އޮތީ އީރާންގެ ކޮންޓްރޯލްގެ ދަށުގައި: އީރާން