ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ހަމަޖައްސައިފި އެވެ.
އެމްއޭސީއެލް އިން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ޕްރައިވެޓައިޒޭޝަން ބޯޑުން އެ ކުންފުނީގެ ބޯޑަށް ސިޔާދު މިއަދު ހަމަޖައްސަވާފައިވާ ކަމަށެވެ.
ސިޔާދުގެ އިތުރުން އެ ބޯޑުގައި މިވަގުތު ތިއްބަވަނީ ފަސް މެމްބަރުންނެވެ. އެއީ ޗެއާމަން މުހައްމަދު އުމަރު މަނިކާއި ޑރ. އިބްރާހިމް މަހުފޫޒާއި އިބްރާހިމް ނޫރައްދީނާއި އައިޝަތު އަރުޝާ އަދި އަހުމަދު އީމާން މޫސާ އެވެ. އެމްސީއެލްގެ ސީއީއޯގެ މަގާމުގައި ހުރި ގޯޑަން އެންޑްރޫ ދާދިފަހުން މަގާމުން ވަކިކުރުމުން އެ މަގާމަށް އަދި މީހަކު ހަމަޖައްސާފައެއް ނުވެ އެވެ.
އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް މި ހަފްތާ ހަވާލުކުރަނީ
ސަންއާ އެއާޕޯޓަށް ހަމަލާދިނީ ސައުދީން ކަމަށް ހޫތީން ބުނެފި