އަންނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓް، ހުށަހެޅުން އަންނަ ހޯމަދުވަހު އޮންނާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވައިދެއްވަމުން ނަޝީދު ވިދާޅުވީ ބަޖެޓް މަޖިލީހަށް ލިބިފައި ވީނަމަވެސް މެމްބަރުންނަށް ބަޖެޓް ދެވެން އޮންނަނީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ފިނޭންސް މިނިސްޓަރު މަޖިލީހުގެ ތަޅުމަށް ބަޖެޓް ހުށަހެޅުމުން ކަމަށެވެ.
ބަޖެޓް ހުށަހަޅާ ފަހުން ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، މިމަހުގެ 16ވަނަ ދުވަހު ބެޖެޓް ބަހުސް މަރުހަލާ ފަށްޓަވާނެ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. އަދި ބަޖެޓްގެ ބަހުސް މަރުހަލާ ނިންމުމަށްފަހު އަންނަ މަހުގެ ކުރީކޮޅު ބަޖެޓް މަޖިލީހުން ފާސްކުރުމަށް މަަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކޮވިޑް-19ގެ ސަބަބުން ދައުލަތަށް ލިބެމުންދާ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ރިވައިޒް ކުރުމަށްފަހު އަލުން ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ރިވައިސްޑް ބަޖެޓްގެ ގޮތުގައި ހުށައަޅާނީ 31 ބިލިޔަން ރުފިޔާ ކަމަށް ބުނެފައިވެ އެވެ.
ޖުވާ ކުޅެމުންދިޔަ 38 ބިދޭސީއަކު ހައްޔަރުކޮށްފި
"ހަނގުރާމަ ކުރަން އަވަހަށް އާދޭ، އަހަރެމެން މިތިބީ ތައްޔާރަށް"
"އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި