ސިވިލް ކޯޓުގެ ގާޒީކަން އަދާކުރައްވާ އާދަމް އިބްރާހީމް އިސްމާއީލްގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ގާޒީ އާދަމްގެ މައްސަލަ ބަލަމުން ގެންދަނީ، އޭނާ ފުރުއްވަމުން ގެންދާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާކަން ފާހަގަވާތީ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ނިންމާ ތަހުގީގު ކޮމިޓީވެސް މިހާރު ވަނީ އެކުލަވާލާފަ އެވެ.
ޖޭއެސްސީން ދަނީ ފަނޑޔާރުންގެ ފަރާތުން ފެންނަ މިފަދަ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅުއަޅަމުންނެވެ.
ނަމަވެސް ޖޭއެސްސީން ފަނޑިޔާރުންގެ މިފަދަ މައްސަލަތައް ބަލަމުން ގެންދިއުމާއި ގުޅިގެން، ބައެއް ފަނޑިޔާރުން ދަނީ މަސްއޫލިއްޔަތުން އެކަހެރިވެ އަމިއްލައަށް އިސްތިއުފާ ދެމުންނެވެ.
ލޯބީގެ ގޮތުން މީހަކާ ނުގުޅޭތާ 10 އަހަރު ވެއްޖެ: އެންޖެލީނާ
އަނގައިގެ ކެންސަރުގެ ނުރައްކާ އެންމެންނަށް ވެސް އެބައޮތް!

މީ ކުޅޭ ކުޅޭ ގޭމެއް ކަމަށް ފެންނަނީ.