ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ކޮވިޑް-19 އަށް ޕޮޒިޓިވެވެއްޖެ އެވެ.
ކަރީނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓަކުންނެވެ.
އެގޮތުން ކަރީނާ އިންސްޓަގްރާމްގައި ބުނެފައި ވަނީ އޭނާ ގައިން ކޮވިޑްގެ އަލާމާތްތައް ކޮންމެ ވެސް ވަރަކަށް ފެންނަމުންދިޔަ ކަމަށެވެ. އަދި އޭނާ ކަރަންޓީން ކޮށްފައިވާއިރު، އޭނާ ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށް އާންމުންނަށް އަންގާފަ އެވެ.
ކަރަންޓީނުގައި ހުރުމަށްފަހު ކަރީނާ ކޮވިޑަށް ނެގެޓިވްވުމުން އޭނާ ވަނީ، އޭނާގެ ފިރިމީހާ ސައިފް އަލީ ޚާން ކުރި ހިތްވަރަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ދައްތަ ކަރިޝްމާ ކަޕޫރް ފޯރުކޮށްދިން އެހިތެރިކަމަށްވެސް ކަރީނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅު ތަކަށް ލުއި ދިނުމާއި އެކު ކަރީނާ ވަނީ މީގެ ކުރިން ރާއްޖޭގައި ޗުއްޓީއެއް ވެސް ހޭދަކޮށްފަ އެވެ.
ސިޔާސީ މައްސަލަތަކުގައި މިއަހަރު 12 މުވައްޒަފުން ކަނޑައިލި
ޒިޕްލައިން އެޑްވެންޗާ ގިވްއަވޭގެ ނަސީބުވެރިން އިއުލާންކޮށްފި
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
