އިސްލާމް ދީން ފިޔަވައި އެހެނިހެން ދީންތައް ފެތުރުވުން ހުއްޓުވަންޖެހޭކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
"ވޮއިސް"އަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ވެސް މިފަދަ ކަންތައްތަކާ ދިމާވެފައިވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން އޭރު ވެސް އެކި ދީންތައް ފެތުރުމާއި، ދީނަށް ފުރައްސާރަކުރުމުގެ އިތުރުން، ދީން އަނބުރަންވެސް މަސައްކަތް ކޮށްފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އެހެންނަމަވެސް އެފަދަ ކަންކަމަކީ ހުއްޓުވޭނެ ކަންތައްތައްކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ، އެއިރެއްގައި އޮންނަ ސަރުކާރަކުން އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ.
އެގޮތުން އެމަނިކުފާނުގެ ސަރުކާރުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ރައްކާތެރިކުރުމާއި ބެހޭ ގާނޫނެއް އެކުލަވައިލި ކަމަށާއި، އެ ގާނޫނުގެ ދަށުން އަމަލުކޮށް އެފަދަ ކަންކަން ހުއްޓުމަކަށް ގެނައި ކަމަށް މައުމޫން ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ، ދިވެހިންނަށް އަމާޒުކޮށްގެން، އެހެން ދީންތައް ފަތުރައި ދީނީ އެއްބައިވަންތަކަމާ ދެކޮޅަށް ހިންގާ ވެބްސައިޓްތަކާއި ޕޭޖްތަކާއި އެޕްލިކޭޝަންތަކާއި ޗެނަލްތައް ހުއްޓުވަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އަދިވެސް ތަންފީޒު ނުކުރެވިފައިވަނިކޮށެވެ.
72 ގަޑިއިރު ތެރޭގައި މިކަން ހުއްޓުވުމަށް އަމުރުނެރުނު ނަމަވެސް މިއަމުރު ތަންފީޒު ނުކުރެވެނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިނިވަން ދުވަހު ބާއްވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވާނެ
ޒައިތޫނި ތެލުން ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަ ކޮށްދޭ: ދިރާސާ
ފުޑް ކާނިވަލްގެ ދިރާގު ސްޓޯލުގައި ފޯރިގަދަ ހަރަކާތްތަކެއް

ވެރިކަމުގަ ތިބީ އެކަންކުރާ މީހުން އެހެން ވީމާ ނުހުއްޓުވޭނެ. ވަރަށްސާފު.......ތިކަން ހުއްޓުވޭނެ ސިޔާސީ ލީޑަރަކީ ވެސް ހަމައެކަނި ޢުމަރު ނަސީރު.
މަނިކުފާނު ވެސް ތިޔަހުރީ މިހާރު މިދުއްވާ އޮޑީގެ ކެޔޮޅަކަށް އަވަހައް ހުއްޓުވާ