ހުޅުމާލޭގައި ހުންނަ "އޯޝަން ފްރަންޓް ރެސިޑެންސް"ގެ ސުވިމިން ޕޫލަކަށް ވެއްޓި 4 އަހަރު ކުއްޖަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އޯޝަން ފްރަންޓް ރެސިޑެންސްގެ ސުވިމިން ޕޫލަށް ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު މިއަދު ހަވީރު 5:10 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި 5:40 ހާއިރު އެ ކުއްޖާ މަރުވެފައިވާ ކަމަށް އެ ހުޅުމާލެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.