މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ގޭގެ ކުރިމަތީގައި ޕާކު ކުރެވޭ ގޮތް ހަމަޖައްސައިފި އެވެ.

މީގެ ކުރިން، ޑރ. މުއިއްޒު ދިރުއުޅުއްވާ ގެ ކަމަށްވާ މ. ދިމްޔާތުގޭގެ ކުރިމައްޗަށްވާ ސަރަހައްދުތަކުގައި ޕާކު ކުރުމަކީ މަނާކަމެކެވެ.

ނަމަވެސް މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ، އެގޭގެ ކުރިމަތީގައި ޕާކުކުރުން މިހާރު ހުއްދަކޮށްފައިވާ ކަމަށެވެ.

އެގޮތުން ދިމްޔާތުގޭގެ ކުރިމައްޗަށްވާ ސަރަހައްދުގައި ހަތް ސައިކަލަކަށް ޕާކު ކުރެވޭ ގޮތަށް ޕާކިންޒޯނެއް މިހާރު ހަދާފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ޑރ. މުއިއްޒު ދިރިއުޅުއްވަމުން ގެންދަވާ ގެއަކީ، ގެސްޓްހައުސްއެއް ގޮތަށް ވެސް ހިންގާ ތަނެކެވެ.

މާލޭގައި ހުރި އެންމެ ބޮޑު އެއް ގެސްޓުހައުސްގެ ގޮތުގައި ހިމެނޭ އެ އިމާރާތަށް ގިނަ ބަޔަކު ވަދެ ނިކުމެ ހަދަ އެވެ.